ޢާންމު މަޢުލޫމާތު
ނަންބަރު: AM/IUL/2019/013
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 16:12
ސުންގަޑި: 25 މާރިޗު 2019 00:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާއްމު ޖަލްސާ 2019

އަހަރީ އާއްމު ޖަލްސާ 2019

 

މިއެސޯސިއޭޝަންގެ އިޢުލާން ނަމްބަރ:BAM/IUL/2019/09 13 މާރިޗު 2019 ގައި އިޢުލާން ކޮށްފައިވާ މިއެސޯސިއޭޝަންގެ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހެންވޭރު ބޯޅަގެ ސެމިނަރރޫމް ގައި 25 މާރިޗު 2019 ވާ ހޯމަަ ދުވަހުގެރޭ 20:30 ގައެވެެ. މި ޖަލްސާގައި ބައިވެރިވެ ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން:

  • އެސޯސިއޭޓް މެމްބަރ ( ކްލަބް ) ، އެސޯސިއޭޓް މެމްބަރުންގެ ތެރެއިން  މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2019/9  ގައިވާގޮތަށް 2019 ވަނަ އަހަރަށް ފީ ދައްކާފައިވާ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ފާއިތުވި ދެއަހަރު ތެރޭގައި މިއެސޯސިއޭޝަންގައި ރަޖިސްޓްރީ ވެފައިވާ މެމްބަރ ކްލަބް ތަކުގެ ތެރެއިން ފާއިތުވި ދެއަހަރު މުބާރާތްތަކުގައި ބައިވެރިވެ، އަހަރީ ޢާއްމު ޖަލްސާ ގައި ބައިވެރިވެ ވޯޓް ލުމުގެ ހައްޤު ލިބި،ޝަރުތު ހަމަވަނީ ޖުމްލަ 2 އެސޯސިއޭޓް މެމްބަރު ކްލަބް އެވެ. 1. ޔުނައިޓަޑް ވިކްޓަރީ 2. ކްލަބް ސްޓެޓިކް
  • ފުރިހަމަ މެމްބަރުން ، އެކްޓިވް ފުރިހަމަ މެމްބަރުން ނުވަތަ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ތެރެއިން މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2019/9  ގައިވާގޮތަށް 2018 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް، 2019 ވަނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ކަލަންޑަރ ހުށައަޅާފައިވަނީ ހަމައެކަނި ޖުމްލަ 2ފުރިހަމަ މެމްބަރުން ނުވަތަ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އެވެ. 
    1. ނ.ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
    2. ބ.އޭދަފުށި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ

މި ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުންގެ ލިސްޓް ތަކަކީ 21 މާރިޗު 2019 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާގައި އިޢުލާން ނަމްބަރ:BAM/IUL/2019/09 13 މާރިޗު 2019 ގައި ކޮށްފައިވާ އިޢުލާން އާއި އެއްގޮތަށް ހިންގާ ޤަވާއިދުގައިވާ ގޮތުގެމަތިން ފާސްކޮށް އެގްޒެކެޓިވް ކޮމިޓީއިން އެންޑޯޒްކޮށްފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުންގެ ލިސްޓްކަން ދަންނަވަމެވެ.

މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2019/9  ގައިވާގޮތަށް 20 މާރިޗު 2019 ގެ ނިޔަލަށް 2019 ވަނަ އަހަރަށް ފީ ދައްކާފައިވާ މިއެސޯސިއޭޝަންގެ އެސޯސިއޭޓް މެމްބަރ ( ކްލަބް ) އަދި ފަރުދީ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިދެއެވެ. ނަމަވެސް ކޯރަމްގެ ގޮތުގައި ނުހިމެނޭނެއެވެ.

ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) ގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. ނަންފޮނުވާފައިވާ ފަރާތްތަކުން އިތުރު ބަދަލެއް ގެންނަނަމަ ލަސްވެގެން ޖަލްސާބޭއްވުމުގެ 24 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. އެންމެހާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

 

22 މާރިޗު 2019

        

22 މާރިޗު 2019