ތަމްރީނު
ނަންބަރު: (IUL)475-Loan/475/2019/35
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 30 އޭޕްރިލް 2019 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން

            ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން

242 ފުރުޞަތު

ލޯނު ފުރުޞަތުގެ އަދަދު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް

ށ. ޕައިލެޓް ލައިސަންސް

ފެންވަރު:

"ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019"  ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތައް

ދާއިރާ:

ލޯނު އެހީ ދިނުމުގެ ޝަރުތުތައް " ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019" ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާނެއެވެ

ޝަރުތުތައް:

ލޯނަށް އެދި ހުށަހަޅާނީ  https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

ލޯނަށް އެދި ފޯމު ހަށަހަޅާނެ ގޮތް:

30 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހެޅޭނެ ސުންގަޑި:

- ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019 އާއި، އެ އުޞޫލުގެ ޖަދުވަލުތައް މި އިޢުލާނާއިއެކު ވާނެއެވެ. މި އުޞޫލާއި ޖަދުވަލުތަކުގައި ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި އަމަލުކުރާނެގޮތް ބަޔާންކޮށްފައިވާނެއެވެ. ވީމާ، ލޯނުއެހީއަށް އެދޭ ފަރާތްތަކުން މި އުޞޫލާއި ޖަދުވަލުތަކުގައިވާ ކަންކަމަށް ސަމާލުކަން ދިނުން އެދެމެވެ.

- ޕައިލެޓް ސްޓަޑީސް ލައިސަންސް ކޯހަށް، ކުރިމަތިލެވޭނީ އެމް.އެން.ކިއު.އެފް ލެވަލް 4 އަށް ވުރެ މަތީގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވާ ނުވާފަރާތްތަކަށެވެ.

- ލޯނަށްއެދި ހުށައަޅާ ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ.

- މިހާރު ކިޔަވަމުންދާ ފަރާތެއް ނަމަ، އިސްކަންދޭނީ  ކޯސް ފުރިހަމަކުރުމަށް ކުރު މުއްދަތެއް އޮތް ފަރާތްތަކަށެވެ. މިގޮތުން އެއްވަރު ވެއްޖެ ހާލަތެއްގައި ބެލެވޭނީ މެރިޓް އުޞޫލަށެވެ.

އިތުރު މަޢުލޫމާތު:

- ލޯނަށް އެދި ހުށަހަޅާއިރު ސެކަންޑްރީ/ހަޔަރ ސެކަންޑްރީ އިމްތިހާނަކަށް ރާއްޖޭން ބޭރުގައި ކިޔަވައިގެން ހާޞިލްކޮށްފައިވާ ރާއްޖޭގައި އާއްމުކޮށް ބޭނުންނުކުރާ ސެޓްފިކެޓެއް ހުށަހަޅާނަމަ އެސެޓްފިކެޓްގެ ފެންވަރު ބަޔާންކޮށްދޭ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 - ރާއްޖޭން ބޭރުގެ ތަނަކުން ދޫކޮށްފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެސެޓްފިކެޓެއް އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައެވެ.

 - އެމް.ކިއު.އޭ އިން ވެލިޑޭޓްނުކުރާ ޕްރޮވިޝަނަލް ސެޓްފިކެޓާއި ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ފަދަ ސެޓްފިކެޓެއް ހުށަހަޅާނަމަ ފުރިހަމަ ކޮށްފައިވާ ކޯހަކީ  އެމް.ކިއު.އޭ އިން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ އެމް.ކިއު.އޭގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެސެޓްފިކެޓާއެކު އޭގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

- ސެޓްފިކެޓް ނުވަތަ ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާނަމަ، ސަރުކާރުގެ އޮފީހަކުން ނުވަތަ ލޯ ފާރމަކުން އެކޮޕީ، އެސެޓްފިކެޓް ނުވަތަ ޓްރާންސްކްރިޕްޓްގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައި އޮންނަންވާނެއެވެ. މިގޮތުން ތައްގަނޑުޖަހާފައިވާ ލިޔުމެއްގެ ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.

- އަސްލު ލިޔުމުގައި 2 ފުށް ޗާޕުކޮށްފައިވާނަމަ، އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާ ލިޔުމުގައިވެސް 2 ފުށް ކޮޕީކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖެހި ލިޔުމުގައި ލޯ ފާރމް/އޮފީހުގެ ނަން، ތަނުގެ ތައްގަނޑު، ސޮއިކުރި މީހާގެ ނަން، މަޤާމާއި ތާރީޚް އޮންނަންވާނެއެވެ.

ވެލިޑޭޓްކުރުމާއި އަސްލާއިއެއްގޮތްކަމަށް ތައްގަނޑުޖެހުން:

- މި އިޢުލާނާއެކު ވެބްސައިޓަށް އަޕްލޯޑު ކޮށްފައިވާ ތިރީގައިވާ ލިޔުންތަކަކީ މި އިޢުލާންގެ ބައިބައެވެ.

  1. ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019 އާއި އެއުޞޫލުގެ ޖަދުވަލުތައް

އެހެނިހެން:

  އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ ގުޅުއްވާނީ 3341327، 3341309 ފޯން ނަންބަރަށެވެ.

21 މާރިޗު 2019