ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-HR/1/2019/7
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 31 މާރިޗު 2019 13:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަން

އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމް:

J-233787

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ.އެސް 3

މަޤާމުގެ ރޭންކް:

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރެޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/4465 ރުފިޔާ 

މުސާރަ:

-/1500 ރުފިޔާ

ސަރވިސް އެލެވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ ދެވޭނެވެ.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

އެހެނިހެން އެލަވަންސް:

  1. މި އިންސްޓްޓިއުޓްގެ އިންޓަރނެޓް، ކޮންޕިއުޓަރ ވިއުގައަށާއި ކޮންޕިޔުޓަރުތަކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުން.
  2. މި އިންސްޓްޓިއުޓްގެ ކޮންޕިޔުޓަރތައް ބެލެހެއްޓުމާއި މަރާމާތުކުރުން.
  3. މި އިންސްޓްޓިއުޓްގެ ކޮންޕިޔުޓަރތަކަށް ދިމާވާ މައްސަލަތައް ތަނުން ހައްލު ނުވެއްޖެނަމަ ފައިނޭންސް ޔުނިޓާ ގުޅައިގެން، ބޭރަށް ފޮނުވައިގެން ހައްލުކުރުން.
  4. ތަނުން ބޭރަށް ގެންދެވޭ ކޮންޕިޔުޓަރތަކުގެ ތަފްސީލު ބެލެހެއްޓުން.
  5. މި އިންސްޓްޓިއުޓުން ހިންގާ ވާރކްސޮޕްތަކުގައި އައި.ޓީ ސަޕޯޓްދިނުން.
  6. ޓެކްނޮލުޖީ ދާއިތރާއިން މި މަރުކަޒްގެ މުވައްޒަފުންނަށް ތަމްރީންދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމްކުރުން.
  7. މި އިންސްޓްޓިއުޓުން ހޯދާ  ކޮންޕިޔުޓަރ ސާމާނު ހޯދުމުގައި ލަފަޔާ އިރުސާދު ދިނުން.
  8. މި އިންސްޓްޓިއުޓްގެ ވެބްސައިޓް އަޕްޑޭޓް ކުރުމުގައި އެހީތެރިވެ ދިނުން.
  9. ޔުނިޓުން ރާވާ ހިންގާ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރެއްގެ އިމްތިހާނަކުން 2 މާއްދާއިން ޑީ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން 'ސ' ގްރޭޑް ލިބިފައިވުން.  

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއުއިން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 މާރިޗް 2019ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3323243 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރަތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިންސްޓިޓިއުތްގެ ނަމްބަރ  3323242 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 14 ރަޖަބް 1440

 21 މާރިޗް 2019

   

         

           

21 މާރިޗު 2019