1. ކޮންމެ މާލީ އަހަރެއް ނިމޭތާ ތިނެއް (3) މަސްދުވަހުގެ ތެރޭގައި އެއަހަރެއްގެ ށ.ފޭދޫ ކައުންސިލް އިދާރާގެ ހިސާބުތައް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ތައްޔާރުކޮށް އެ ހިސާބުތައް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން
2. ށ.ފޭދޫ ކައުންސިލް އިދާރާއަށް ލިބޭ ފައިސާއާއި، ސްޓޭމްޕާއި، ފައިސާއަށް ބަދަލުކުރެވޭގޮތަށް ގެންގުޅޭ ލިޔުމާއި، ސެކިއުރިޓީސް، ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
3. މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯރޓް، ބަންދުދުވަހުގެ ރިޕޯރޓް، ސަލާމްގެ ރިޕޯރޓް، ގަޑީލާރި ރިޕޯރޓް ކޮންމެ މަހެއްގެ 20ވަނަ ދުވަހުގެ ކުރިން ނިންމުން
4. މުވައްޒަފުންގެ މުސާރަ ޝީޓް، ކޭޝްފްލޯ،ވައުޗަރ ހިނގާމަހުގެ 20 ވަނަދުވަހުގެ ކުރިން ޔުނިޓުގެ ވެރިޔާއަށް ހުށަހެޅުމާއި އަދި ސޮއިހަމަކޮށް ހިނގާމަހުގެ 20 ވަނަދުވަހުގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވާ މިމައްސަލަ ނިމުމުން ފައިލުކުރުން
5. ވައުޗަރތައް ހެދުމާއި، ފައިސާޖަމާވުމުން ޗެކްތައްހަދާ ފައިސާ ނެގުމަށްފަހު ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
6. ބޭންކް ސްޓޭޓްމަންޓްތައް ނަގައި ފައިސާގެ ރިޕޯޓްތައް ތައްޔާރުކުރުމާއި، ފައިސާގެ ރިޕޯރޓުތައް ހިނގާމަހުގެ 10ވަނަދުވަހުގެ ކުރިން ތައްޔާރުކޮށް 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލް ކުރުން.
7. އެޑްވާންސަށް ބޭނުންވާ ފައިސާ ހޯދުމަށް ކޭޝްފްލޯ އަދި ވައުޗަރ ތައްޔާރުކޮށް ފޮނުވާ މައްސަލަ ނިމުމުން ފައިލްކުރުން
8. ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ލިޔަންޖެހޭ މެސެޖުތަކާއި ސިޓީތަކާއި އިއުލާނުތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލުކުރުން.
9. ބަޖެޓަށް ގެނެވޭ ބަދަލުތަކަށް ކޮންޓްރޯލް ހަދާ ފިނޭންސަށް ފޮނުވާ ފައިލްކުރުން
10. ކައުންސިލްގެ ލަފާކުރާ ބަޖެޓް ހަދާ މުއްދަތަށް ފޮނުވުން
11. ކައުންސިލްގެ ބަޖެޓް ކޮންމެ އަހަރެއްގެ ޖެނުއަރީ 15ގެ ކުރިން ނިންމުން
12. ޕެންޝަންފައިސާގެ ރިޕޯރޓް ތައްޔާރުކުރުން
|