ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަންބަރު:MNU-CA-PAMD/2019/07 އިޢުލާނުގައިވާ އައިޓީ އިކްއިޕްމަންޓްސްތަކުގެ ތެރެއިން ބައެއް އައިޓަމްތަކަށް 3 ފަރާތުން އިޖާބާދީފައިނުވުމުން އަލުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.
2. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ( ބާޒާރުގައި އާންމުކޮށް ލިބެންހުންނަ ބްރޭންޑްތަކަށް އިސްކަންދެވޭނެއެވެ.)
3. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މި އިއުލާނާ އެޓޭޗް ކުރެވިފައިވާ ސްޕެސިފިކޭޝަނުގައިވާ މިނިމަމް ރިކްއަރމަންޓާއި ދިމާވާންވާނެއެވެ.
4. މި ބީލަމަކީ އެއް އައިޓަމްއަށްވުރެ ގިނަ އައިޓަމް ހިމެނޭ ބީލަމެކެވެ. މި ބީލަން އިވެލުއޭޓް ކުރާއިރު ބަލާނީ ކޮންމެ އައިޓަމަކަށް ހުށަހަޅާފައިވާ އަގު ވަކިންނެވެ.
5. މި ބީލަމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.
ހުށަހަޅާ އަގު: 80%
މުއްދަތު: 10%
ތަޖުރިބާ 10%
ތަޖުރިބާ ފޯމަށް މާރކްސް ދެވޭ ގޮތް ޚުލާސާކޮށް ތިރީގައި މިވަނީއެވެ.
ޚިދުމަތް ދިނުމުގައި ހޭދަވީ ޖުމްލަ މުއްދަތު ގުނާނީ ކުންފުނި / ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ދުވަހުން ފެށިގެން ބީލަން ހުށަހަޅާ ދުވަހަށެވެ. މި މުއްދަތު ބެލުމުގައި ބަލާނީ ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީއަށެވެ. ރަޖިސްޓްރީ އައުކޮށްފައިވާނަމަ ކުރީގެ ރަޖިސްޓްރީތައް ހުށަހެޅުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ވޭތުވެދިޔަ 01 އަހަރުތެރޭގައި ކޮށްފައިވާ އަދި މިހާރު ކުރަމުންދާ މަސައްކަތުގެ ގޮތުގައި ބަލާނީ މިއިޢުލާނާ ގުޅުންހުރި މަސައްކަތްތަކެވެ. އަދި ލިސްޓްކުރެވިފައިވާ މަސަތްތައް ކުރަމުންދާކަން/ ނިމިފައިވާ ކަމުގެ ކިތާބީ ހެކި ހުށަހަޅަންވާނެއެވެ. އެގޮތުން މަސައްކަތްކޮށްފައިވާ ގޮތުގެ ލިޔުން، ރިޕޯރޓް އަދި އެގްރީމަންޓް ފަދަ ލިޔުންތައް ހުށަހެޅިދާނެއެވެ. ޕޮއިންޓް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ލިޔުންތަކަށެވެ. ލިޔުންތައް ހުށަހަޅާފައިނުވާނަމަ ތަޖުރިބާގެ ފޯމުގައި މައުލޫމާތު ބަޔާންކުރިނަމަވެސް ޕޮއިންޓް ނުދެވޭނެއެވެ. ހުށަހަޅާފައިވާ ލިޔުންތަކުން މަސައްކަތް ކުރި ތާރީޚް ނޭނގޭ ލިޔުންތަކަށްވެސް މާރކްސް ނުދެވޭނެއެވެ.
ގާބިލްކަމަށް މާރކްސް ދިނުމުގައި ހިމެނިފައިވާ 3 ބަޔަށް ޕޮއިންޓް ދެވޭ ގޮތް ތިރީގައި އެވަނީއެވެ.
ދެރަ: 5 ޕޮއިންޓް | މެދުމިން: 10 ފޮއިންޓް | ރަގަނޅު: 15 ޕޮއިންޓް | ވަރަށް ރަގަނޅު: 20 ޕޮއިންޓް
6. ބީލަން ހުށަހެޅުން އޮންނާނީ 25 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 11:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
7. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ބީލަންތައް ބާޠިލްކުރެވޭނެއެވެ. އަދި ނަންބަރު 3 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރާ މައުލޫމާތާއި މި އިއުލާނުގައިވާ ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަން ބާޠިލްކުރެވޭނެއެވެ.
8. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
9. ސްޕެސިފިކޭޝަނާއި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
ސްޕެސިފިކޭޝަނާ ގުޅޭ މައުލޫމާތު ނަމަ؛ އިންފޮމޭޝަން އެންޑް ޓެކްނޯލޮޖީ ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345174، 3345173 އީ-މެއިލް: [email protected] |
ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛ ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345109، 3345111 އީ-މެއިލް: [email protected] |
12 ރަޖަބު 1440
19 މާރިޗު 2019