ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/430/2019/16
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 27 މާރިޗު 2019 01:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ފަނޑިޔާރުންގެ ދަފްތަރު އެކުލަވާލުން

އިޢުލާނު

ފަނޑިޔާރުންގެ ދަފްތަރު އެކުލަވާލުން

 

 

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތުގެ ފަނޑިޔާރުކަންކުރާނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ޓަކައި ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ދަފްތަރަކީ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމަށް ޓަކައި އެކުލަވާ ދަފްތަރެކެވެ. ޤައުމީ ފެންވަރުގައި ވާހަކަދެއްކުމުގެ މުބާރާތްތަކާއި ބަހުސް މުބާރާތްތައް  ފަނޑިޔާރުކަން ކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް މި ދަފްތަރަށް ނަން ހުށަހެޅިދާނެއެވެ. ފަނޑިޔާރުން ހޮވުމުގައި ބަލާނީ އަންނަނިވި ކަންކަމަށެވެ.

 

  1. ތަޢުލީމީ ފެންވަރު
  2. ފަނޑިޔާރުކަން ކޮށްފައިވާ މުއްދަތު މުއްދަތު  
  3. ދާއިރާގައި މަސައްކަތްކޮށްފައިވާ މުއްދަތު
  4. ދާއިރާއިން ހޯދައިފައިވާ ކާމިޔާބީ

 

ފޯމު ހުށަހަޅާއިރު މަތީގައިވާ ކަންކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަންވާނެއެވެ. ފޯމު ހުށަހަޅާނީ ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުގައިވާ "ޤައުމީ ވާހަކަދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތުގެ ފަނޑިޔާރުންގެ ދަފްތަރަށް ނަން ހުށަހަޅާ ފޯމު" ގޫގުލް ފޯމު މެދުވެރިކޮށެވެ.  ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2019 މާރިޗު 27ވާ ބުދަ ދުވަހުގެ މެންދުރު 1:30އެވެ.

20 މާރިޗު 2019