މަސައްކަތް
ނަންބަރު: (IUL)23-AP/23/2019/82
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 31 މާރިޗު 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގދ.ނަޑެއްލާ ސިއްހީ މަރުކަޒުގައި ލެބޯޓްރީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

          ގދ.ނަޑެއްލާ ސިއްހީ މަރުކަޒުގައި ލެބޯޓްރީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 31 މާރިޗު 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ނުވަތަ ގދ.ނަޑެއްލާ ސިއްހީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 އޭޕްރިލް 2019 ވާ އާދިއްތަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށްް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ނުވަތަ ގދ.ނަޑެއްލާ ސިއްހީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

13 ރަޖަބު 1440

20 މާރިޗު 2019