ދިވެހިރާއްޖެ
މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް
ވެލިދޫ،
ދިވެހިރާއްޖެ
އިޢުލާން
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓު މިހާރު ހިންގަމުންދާ ޢިމާރާތާއި، މަގުފާރު، ގޭޓް އަދި ހޮޅިދަނޑީގެ ކުލައާއި ދަވާދު އައުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ނަންބަރު: D12C-A/2019/04 (21 ފެބްރުއަރީ 2019) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 މާރޗް 27 ވަނަ ދުވަހުގެ 11:00 އަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޭޕްރީލް 04 ވަނަ ދުވަހު 11:00 އަށް، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
13 ރަޖަބު 1440