މަސައްކަތް
ނަންބަރު: (IUL)456-ECMS/456/2019/24
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 27 މާރިޗު 2019 11:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ (ކުރީގެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުން)

މިކައުންސިލުން އިމާރާތްކުރަމުންދާ ގެސްޓްހައުސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 17 ފެބްރުއަރީ 2019 ގައި ކުރެވުނު މިކައުންސިލުގެ ނަންބަރު (IUL)456-ECMS/456/2019/11 އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިކައުންސިލުން އިމާރާތްކުރަމުންދާ ގެސްޓްހައުސް އިމާރާތް ހިޔާކުރުމުގެ މަސައްކަތާއި، ފެންވައިރުކުރުމާއި، ކަރަންޓް ވައިރުކުރުމަށް ބޭނުންވާ ކޮންޑިޓް ހޮޅި ފާރަށްވަޅުލުމާއި، އިމާރާތުގައި ސިމެންތި ޖެހުމުގެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 25 މާރޗް 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓީން ރޫމުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮތްވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑިންފެށިގެން އަންދާސީހިސާބު ހުށަހަޅާ ދުވަހާއި ހަމައަށް މިއިދާރާގެ ކައުންޓަރުން މަޢުލޫމާތުޝީޓު ލިބެން ހުންނާނެއެވެ. މިއިޢުލާނަށް އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންފުޅުވާފަރާތްތަކުން 27 މާރޗް 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

މިއިޢުލާނަށް ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.

20 މާރިޗު 2019