ދިވެހިރާއްޖެ
މިސެންޓަރުގެ ނަންބަރު (IUL)177/1/2019/18 (25 ފެބްރުއަރީ 2019) އިޢުލާންއަށް ހަވާލާދީ ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން ހުށައަޅައިފައިވާ އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް ހިންގަމުންދާ އޮފީސް ޢިމާރާތާއި، މިއޮފީހުގެ ބެލުމުގެ ދަށުގައިވާ އޮލިމްޕަސް ތިއޭޓަރ ހޯލް އަދި އޮލިމްޕަހާ ގުޅިފައިވާ އެންމެހައި ޢިމާރާތްތަކަށް ލިބިފައިވާ ގެއްލުންތަކާއި، މަރާމާތު ކުރުމަށް ކުރަންޖެހޭ ކަންތައްތަކާ ގުޅޭ އެސެސްމެންޓެއް ހައްދަވައި އެސެސްމެންޓް ރިޕޯޓެއް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަޠު ނޯންނާނެ ވާހަކަ ވެސް ދެންނެވީމެވެ.
ތަފްސީލް |
ތަން |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް |
24 މާރޗް 2019 |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް |
28 މާރޗް 2019 |
11:00 |