ދެންނެވުން
ނަންބަރު: (IUL)138-DS2/138/2019/3
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 29 މާރިޗު 2019 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ނޯޓިސް

މ.ކްރިމްސަންރޯޒް އެވެ ކިޔާ ގޯތިން އިސްމާޢީލް ފާރިޝް(ދ.ރ.އ.ކ ނަންބަރުA010216:) ދައުލަތަށް ދޫކޮށްލާފައިވާ ބިމަކީ "ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުގެ އެއްބަސްވުމުގައިވާގޮތަށް" ދައުލަތަށް މިލްކުވެފައިވާ ބިމަކަށްވާތީ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL) 138-PS2/138/2018/37  (29 މާރިޗު 2018) ޢިއުލާނުން ބިން ހުސްކޮށް ދައުލަތަށް ހަވާލުކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ،  މިއަދު (19 މާރިޗު 2019) ން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބިން ހުސްކޮށް މި މިނިސްޓްރީއާ ހަވާލުކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބިން ހުސްކޮށް ހަވާލުނުކޮށްފިނަމަ މި މިނިސްޓްރީގެ ފަރާތުން ތަން ހުސްކުރާނެ ކަމުގައި ދަންނަވަމެވެ. އަދި މި މިނިސްޓްރީގެ ފަރާތުން ތަން ހުސްކުރުމުގެ ތެރޭގައި ތަނުގައި ހުންނަ ތަކެއްޗަށް ލިބޭ ގެއްލުމަށް މި މިނިސްޓްރީން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 މާރިޗު 2019