ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2019/23
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:37
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިއުގައި ޖެހެން ނުޖެހޭނެ ފުލެޓަށް އެދެން ފްލެޓް އެޕްލިކޭޝަން ޕޯޓަލް " މަގޭ ހިޔާވަހި " އިފުތިތާޙުކޮށްފި

ރައީސުލް ޖުމުހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދު ތަކުގެތެރޭގައި ހިމަނައިގެން، ފުލެޓަށް އެދެން  ކިއުގައި  ޖެހެން ނުޖެހޭނެ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި  ފްލެޓް އެޕްލިކޭޝަން ޕޯޓަލް " މަގޭ ހިޔާވަހި " ވަނީ ރަސްމީކޮށް އިފުތިތާޙުކޮށްފައެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ލޮބުވެތި ދިވެހި ރައްޔިތުންނަށްވެސް އެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުޞަތުވެސް ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. " މަގޭ ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަތިފުޅުވާ ފަރާތްތަކަށް އެކަމަށް ޚާއްޞަ ކޮށްފައިވާ ލުއިކަރުދާހެއްވެސް ތަޢާރަފްކޮށްފައިވެއެވެ.

ވީމާ، ފްލެޓްތަކަށް ރަޖިސްޓްރީވުމަށް "މަގޭހިޔާވެހި" ޕޯޓަލްއަށް ވަނުމަށް ދަތިފުޅުވާ ބޭފުޅުން މިއިދާރާއަށް ވަޑައިގަތުމުން، "މަގޭހިޔާވެހި" ޕޯޓަލްގައި ރަޖިސްޓްރީވާނެގޮތުގެ ލުއިކަރުދާސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނޭކަމުގައި ދަންނަވަމެވެ.  

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

07 ރަޖަބު 1440

14 މާރިޗް 2019

14 މާރިޗު 2019