މަސައްކަތް
ނަންބަރު: (IUL)335-AS/335/2019/22
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 27 މާރިޗު 2019 10:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިރުމަތީ ފުއްޓަރު ރާޅުގަނޑު ސަަރަޙައްދުގައި ރާޅާއަޅާ ފަރާތްތަކަށް އަމާޒުކޮށް ފޮޓޯނެގުމަށް " ހަޓެއް " ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން            

މިރަށު އިރުމަތީ ފުއްޓަރު ރާޅުގަނޑު " ޖެއިލްބްރޭކް " ސަރަޙައްދުގައި ރާޅާއަޅާފަރާތްތަކަށް އަމާޒުކޮށް ފޮޓޯނެގުމަށް "ހަޓެއް " ހަދައިދޭނެ ފަރާތެއް ހޯދުން

           މިރަށުގެ އިރުމަތީފަރާތުން ފުއްޓަރު ރާޅުގަނޑު " ޖެއިލްބްރޭކް " ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކަށް އަމާޒުކޮށް ފޮޓޯނަގާނެ " ހަޓެއް " ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެގެން، މިއިދާރާއިން ކުރެވިފައިވާ ނަންބަރު: 19(IUL)335-AS/335/2019/ އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އިޖާބަ ދެއްވި ފަރާތްތައް މަދުކަމުން އެ އިޢުލާން ބާޠިލްކޮށް، އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތި ބޭނުންކޮށްގެން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 މާރޗް 2019 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 މާރިޗު 2019