ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A1/2019/13
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 03 އޭޕްރިލް 2019 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އޭ.އެން.އެސް އިންސްޕެކްޓަރ (އޮޕަރޭޝަނަލް)

މަޤާމް:

އޭ.އެން.އެސް އިންސްޕެކްޓަރ (އޮޕަރޭޝަނަލް)

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރ ނެވިގޭޝަން އެންޑް އެރޮޑްރޯމްސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މުސާރަ އާއި އެލަވަންސް:

އިންޑްރަސްޓްރީ އާއި އަޅާކިޔޭވަރުގެ މުސާރަ އާއި އެލަވަންސް އެއް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. އޭ ޓީ ސީ ލައިސަންސް މަދުވެގެން 3 ރޭޓިންގް އާއިއެކު ލިބިފައިވުން  އަދި އޯލެވަލް އިނގިރޭސިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް އެސް ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ނުވާތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުމާއެކު މަދުވެގެން 6 އަހަރު ދުވަހު އެއަރ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ތަޖްރިބާ ލިބިފައިވުން

ނުވަތަ

  1. އޭ ޓީ ސީ ލައިސަންސް މަދުވެގެން 3 ރޭޓިންގް އާއިއެކު ލިބިފައިވުން  އަދި އޯލެވަލް އިނގިރޭސިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް އެސް ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ނުވާތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުމާއެކު (އެސިސްޓެންޓް) އޭ އެން އެސް އިންސްޕެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީތަކުގައިވާ ގޮތުގެ މަތީން އެއާ ނެވިގޭޝަން ސާވިސަސް އޮފިސަރ އޮޕަރޭޝަނަލްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. އެއާ ނެވިގޭޝަންގެ ހިދްމަތްދޭ މަރުކަޒުތައް  އޮޑިޓް ކޮށް އަދި އިންސްޕެކްޓްކޮށް އަދި އެތަންތަން ހިނގަނީ ސިވިލް އޭވިއޭޝަންގެ ޤަވާއިދު ތަކާއި އެއްގޮތަށްތޯ ބަލާ ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ސީނިއަރ އެއާ ނެވިގޭޝަން އޮފިސަރއަށް އެހީތެރިވުން
  3. ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުން އަދި އެއާ ނެވިގޭޝަންގެެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާއި، ލައިސަންސް، އެގްޒެމްޕްޝަން އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާއި ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި ސީނިއަރ އެއާނެވިގޭޝަން އޮފިސަަރ އަށް އެހީތެރިވުން
  4. ވައިގެދަތުރުފަތުރާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ދިވެހިރާއްޖޭގެ ވައިގެދަތުރުފަތުރުގެ އެއާ ނެވިގޭޝަން އާއި ބެހޭ  ޤަވާއިދުތަކާ އުސޫލުތައް ބަލާ މުތާލިޔާކޮށް އިސްލާހުކޮށް ހަރުދަނާކުރުމަށް އެހީތެރިވެދިނުން އަދި ވައިގެދަތުރުފަތުރުގެ ޚިދުމަތްދޭ އޮޕަރޭޓަރުންނާއެކު މަސައްކަތްކޮއްގެން ވައިގެދަތުރުފަތުރުގެ ސަލާމަތްކަން އިތުރަށް ހަރުދަނާކުރުމައް މަސައްކަތްކުރުން
  5. ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުން އަދި އެއާ ނެވިގޭޝަންގެެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި އެހީތެރިވެދިނުން
  6. ވައިގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތައް ބަލާ ތަޙުޤީޤު ކުރުމުގައި ސީނިއަރ އެއާ ނެވިގޭޝަން ސާރވިސަސް އޮފިސަަރުންނަށް އެހީތެރިވުން

އެއާ ނެވިގޭޝަން އާއިގުޅޭ ކަންކަމުގައި ބޭރުގެ ޖަމާއަތްތަކާ (އައިކާއޯ، ކޮސްކެޕް ފަދަ) ހިންގަންޖެހޭ މުއާމަލާތުގައި އެހީތެރިވެދިނުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

3 އޭޕްރީލް 2019 ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން:

1-ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

19 މާރިޗު 2019