މަސައްކަތް
ނަންބަރު: GS196/IUL/2019/08
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 26 މާރިޗު 2019 12:00
ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ސްޓާފްރޫމްގައި ނުނިމިހުރި މަސައްކަތްތައް ނިންމައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. (ދެވަނަ ގޮވާލުން)

މިސުކޫލް އިން ކުރި އިޢުލާން ނަމްބަރ GS196/IUL/2019/06 އަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާނުކުރަމެވެ.

1. މިސުކޫލުއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތިން މިސުކޫލުގެ ސްޓާފްރޫމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 މާރިޗު 2019 އިން ފެށިގެން 26 މާރިޗު 2019 އާއި ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް ނަންނޯޓު ކުރެއްވުން އެދެމެވެ.

3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މާރިޗު މަހުގެ 26 ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 27 މާރިޗު 2019 ވަނަ ދުވަހުގެ 12:00 ގައި ކޮނޑޭ ސުކޫލުގައެވެ.

5. ބިޑް ހުޅުވުން އޮންނާނީ 03 އެޕްރީލް 2019 ވަނަ ދުވަހުގެ 12:00 ގައި ކޮނޑޭ ސުކޫލުގައެވެ.

6. ނަންނޯޓު ކުރުމާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. އަދި ނަންނޯޓުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަންގައާއި ބިޑް ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

ކޮނޑޭ ސުކޫލް،

އަމީނީ މަގު، ގއ.ކޮނޑޭ، ދިވެހިރާއްޖެ.

ފޯން: 6820097

އީމެއިލް: [email protected]

19 މާރިޗު 2019