ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ،
ޅ. ހިންނަވަރު
އިޢުލާން
ޅ. ހިންނަވަރު މަސްޖިދުލް އަންޞާރުގައި ކުލަލުމާއި ބެހޭ:
ފާދިއްޕޮޅު ހިންނަވަރު މަސްޖިދުލް އަންޞާރުގެ އެތެރެ އާއި ޙަރިންމަ ފާރުތަކުގައި ކުލަލާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ހިންނަވަރު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 28 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ހިންނަވަރު ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "މަސްޖިދުލް އަންޞާރުގައި ކުލަލުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިކަމާއި ބެހޭގޮތުން ހުށަހަޅާ އަންދާސީ ހިސާބުތައް ދެންނެވިފައިވާ ގަޑި ޖެހުމަށްފަހު ބަލައެއް ނުގަނެވޭނެއެވެ. މި މަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.
އެންމެ މަތިން ދެވޭނެ ޕޮއިންޓް |
އަންދާސީ ހިސާބު މިންކުރުމުގައި ޕޮއިންޓްދެވޭނެ ކަންތައްތައް |
# |
65 |
ހުށަހަޅާފައިވާ އަގަށް |
1 |
20 |
މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތު |
2 |
15 |
މަސައްކަތުގެ ތަޖުރިބާ އާއި ޤާބިލްކަން |
3 |
v ކޮންމެ ހުށާހެޅުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ރަޖިސްޓަރީ ކޮށްގެން ހިންގާ ވިޔަފާރިއެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައި ވާންޖެހޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
11 ރަޖަބު 1440
18 މެއި 2018