ޢާންމު މަޢުލޫމާތު
ނަންބަރު: (A)CB-2019/144
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 18:40
ސުންގަޑި: 26 މާރިޗު 2019 16:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: A)CB-2019/144)

އިޢުލާން

ހއ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ 2 (ދޭއް) ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި 13 އޭޕްރީލް 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގެވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުލާ، ގުނާ އެ ކެންޑިޑޭޓެއްގެ މަސްލަހަތު އޮތް ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2016/R85 ގެ 24 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.

މި ގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 18 މާރިޗް 2019 ވާ ހޯމަ ދުވަހުން ފެށިގެން 26 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބައި-އިލެކްޝަނުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ.

1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.

2. ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި  ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހަކު ކަމުގައިވުން.

4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

5. ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރެއް/ވެރިއެއް ކަމުގައި ނުވުން.

6. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

7. ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ތަންތަނަށެވެ.

  •  މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގެ ރިސެޕްޝަނަށެވެ.
  • އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށެވެ.
  • އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ، އެ ސިޓީއެއްގެ ފޯކަލް ޕޮއިންޓަށެވެ.

ކެންޑިޑޭޓުންގެ މަންދޫބުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިސިޓީއާއިއެކު ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ފޮނުވަން ވާނެއެވެ. އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ވެބްސައިޓް  www.elections.gov.mv އިން ޑައުންލޯޑްކުރެއްވޭނެއެވެ.

1. ފުރިހަމަ ނަން، ދިވެހި (ފަރުމަ ފޮންޓުގައި) އަދި އިނގިރޭސި ބަހުން

2. އެޑްރެސް

3. އެޑްރެސް

4. އައި.ޑީ ކާޑް ނަންބަރު

5. ޖިންސް

6. އެދިލައްވާ ފަރާތާއި ގުޅޭނެ ފޯނު ނަންބަރ އެނގޭނޭހެން ލިސްޓުގެ ހާޑްކޮޕީ އަދި ސީޑީގައި ސޮފްޓް ކޮޕީ އެކްސެލް ފޯމެޓްގައި  (ވެބްސައިޓުގައިވާ ފޯމެޓަށް)

7. ޕާސްޕޯޓުގައި ޖަހާ ފޮޓޯގެ މިންގަނޑުތަކާ އެއްގޮތްވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް އަދި އެ ފޮޓޯގެ ސޮފްޓް ކޮޕީ ސީޑީއެއްގައި ޖޭޕީޖީ ފޯމެޓުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުން ރީނޭމް ކުރުމަށްފަހު

ކެންޑިޑޭޓުންގެ މަންދޫބުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ 18 މާރިޗް 2019 ވާ ހޯމަ ދުވަހުން ފެށިގެން 26 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 4:00 އަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ރަޖަބު 1440

18 މާރިޗު 2019