ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2019/31
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 25 މާރިޗު 2019 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވޯޓު ދިނުމަށްޓަކައި އައިޑީ ކާޑު ހެއްދުމާއި ގުޅޭ

 

އިޢުލާން

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވޯޓުދިނުމަށްޓަކައި އައިޑީ ކާޑު ހެއްދުމާއި ގުޅޭ

06 އޭޕްރީލް 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވޯޓު ދިނުމަށްޓަކައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ކަލެކްޓިން ޕޮއިންޓްތައް މެދުވެރިކޮށް މަޢުލޫމާތު ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 25 ވަނަ ދުވަސް ކަމަށާއި، 25 މާރޗް 2019 ގެ ފަހުން ފޮނުވާ މަޢުލޫމާތު ތަކަށް ކާޑު ހައްދާ ވޯޓު ދޭން ވާއިރަށް ކާޑުތައް ފޮނުވާނުލެވިދާނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވަނީ އަންގަވާފައެވެ. މިހެން ކަމުން މުއްދަތު ހަމަވެފައިވާ ކާޑުތަކާއި، ގެއްލުމެއް ލިބި ހަލާކުވުމުގެ ސަބަބުން އައުކުރަން ޖެހޭ އައިޑީ ކާޑުތައް 25 މާރޗް 2019 ގެ ކުރިން ހެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދި ދެންނެވީމެވެ. އަދި މިމުއްދަތުގެ ފަހުން ހުށަހެޅޭ އައިޑީކާޑުތައް ހެއްދުމުގައި ދަތިތަކެއް ދިމާވެ އައިޑީކާޑު ނުހެދި ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެންނެވީމެވެ.

ވީމާ، އެއްވެސް ރައްޔިތެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލުނަ ނުދިނުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދެއްވާ، އައިޑީކާޑުތަކުގެ މުއްދަތު ހަމަވާ ތާރީޚް ރަނގަޅަށް ބައްލަވާ ލަސްނުކުރައްވާ އައިޑީކާޑު ހެއްދުމަށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ރަޖަބް 1440

   

18 މާރިޗު 2019