ކުއްޔަށް ދިނުން
ނަންބަރު: (IUL)456-ECMS/456/2019/23
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 31 މާރިޗު 2019 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުމަގުގެ އިރުމަތީފަރާތު ނަރުދަމާ ނިޒާމުގެ އޮފީހާއި އިންވެގެން ދެކުނަށްހުރި އިމާރާތް ކުއްޔަށް ދޫކުރުމާއިގުޅޭ

       ގެސްޓް ހައުސް ހިންގުމަށް ނުވަތަ ވިޔަފާރި ބޭނުންތަށްކުރުމަށް މިރަށު ބޮޑުމަގު އިރުމަތީ ފަރާތު، ނަރުދަމާ ނިޒާމުގެ އޮފީސްހުރި ބިމާއި އިންވެގެން ދެކުނަށްހުރި އިމާރާތާއި 16450 އަކަފޫޓް ގެ ބިން 10އަހަރުދުވަހުގެ މުއްދަތަށް މަހަކު -/1500ރ އަށްވުރެ ކުޑަނުވާ ކުއްޔަކަށް، ކުއްޔަށް ދޫކުރުމަށް މިކައުންސިލުވަނީ ނިންމާފައެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 މާރޗް 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 31 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

       މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.

       މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

18 މާރިޗު 2019