ތަމްރީނު
ނަންބަރު: (IUL)219-MS/1/2019/4
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 28 މާރިޗު 2019 13:30
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމް

    ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރައްވާ ނޫސްވެރިންނަށާއި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގައި ޚަބަރާއި މައުލޫމާތު ފަތުރުއްވަން މަސައްކަތް ކުރައްވާ މުވައްޒަފުން ދިވެހިބަހުގެ ހަމަތަކާއި ނޫސް ލިޔުމުގެ އުސޫލުތަކާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ތަމްރީނު ކުރުމުގެ ސިލްސިލާ ޕްރޮގްރާމްތަކެއް ދިވެހި ބަހުގެ އެކެޑަމީއާއި މި ކައުންސިލް ގުޅިގެން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 14 އޭޕްރީލް 2019 ގައެވެ.

    ވީމާ، މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތަކުން ބައިވެރިކުރުވަން ބޭނުންވާ ނޫސްވެރިންގެ މައުލޫމާތާއި ދައުލަތުގެ އެންމެހައި އިދާރާތަކާއި ކުންފުނި ތަކުން މި ޕްރޮގްރާމްގައި ބައިވެރި ކުރަން ބޭނުންވާ މުވައްޒަފުންގެ ނަން، މަގާމު، ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީ އާއެކު 28 މާރިޗް 2019 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ލިޔުމުން މިކައުންސިލަށް ހުށަހެޅުމަށް އާއްމުކޮށް އަންގައި އިއުލާން ކުރީމެވެ.

    އަދި، މި ތަމްރީނު ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ބޭނުންފުޅު ވެލައްވާނަމަ މިކައުންސިލުގެ ނަންބަރު: 7967919/3003995 އަށް ގުޅުއްވުން އެދެމެވެ.

 

11 ރަޖަބު  1440

18 މާރިޗު 2019