ޢާންމު މަޢުލޫމާތު
ނަންބަރު: GS-177/IUL/2019/02
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 26 މާރިޗު 2019 13:00
ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
އިއުލާން

ކަނޑޫދޫ ސްކޫލު

ތ.ކަނޑޫދޫ/ ދިވެހިރާއްޖެ

 

 

ތާރީޚް:14 މާރޗް 2019                                           ނަންބަރު: GS-177/IUL/2019/02

     07 ރަޖަބު 1440

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް

މަސައްކަތު

މަޤާމްގެނަންބަރު:

J-227713

ބޭނުންވާއަދަދު:

01 (އެކެއް)

މަޤާމްގެގިންތި:

ދާއިމީ

މަޤާމްގެރޭންކް:

އެސް.އެސް 3

މަޤާމްގެކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

އިދާރީ ސެކްޝަން

މަޤާމްއޮތްއޮފީސް:

ތ.ކަނޑޫދޫ ސްކޫލު / ތކަނޑޫދޫ

ވަޒީފާއަދާކުރަންޖެހޭތަން:

ތ.ކަނޑޫދޫ ސްކޫލު / ތކަނޑޫދޫ

މުސާރަ:

-/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސްއެލަވަންސް:

-/1000 ( އެއްހާސް ރުފިޔާ)

އެހެނިހެން އެލަވަންސް

ސަޕޯޓިންގކޯއެލަވަންސް  (-/1200 ބާރަސަތޭކަރުފިޔާ)

އިތުރުޢިނާޔަތްތައް:

1ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިމާޤާމުގެ މައިގަނޑު މަސައްކަތަކީ ސްކޫލުގެ ގޯތިތެރެއާއި، ގޯތީގެ ވަށައިގެންވާ މަގު ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބެހެލެހެއްޓުން
  2. ސްކޫލުގެ އޮފީސް އިމާރާތާއި، ކުލާސްރޫމްތަކާއި، އެހެނިހެން ރޫމްތަކުގެ ދޮރާއި ދޮރުފަތްތަކާއި އެތެރެ ފޮޅައި ސާފުކޮށް މޮޕްލުން.
  3. ސްކޫލުގެ އޮފީހާއި ސްޓާފް ރޫމުގެ ފާޚާނާތަކާއި ދަރިވަރުންނަށް ޚާއްޞަ ކުރެވިފައިވާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން
  4. ސްކޫލުގައި ހުރި ފަރުނީޗަރ ތައް ސާފުކޮށް ބެލެހެއްޓުން
  5. ސްކޫލުން ބާއްވާ އެކިއެކި ހަރަކާތްތަކަށް ސްކޫލުގެ ހޯލާއި ގޯތިތެރެ ތައްޔާރުކުރުން
  6. ސްކޫލުގެ ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުމާއެކު، ގޯތިތެރޭގައިވާ ގަސްތަކާއި ރުއްތަކުގެ ކޮޅު ކޮށައި ސާފުކުރުން

މަޤާމުގެ ޝަރުޠު

  1. ލިޔަން ކިޔަން އެނގުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެކަންތައްތައް

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

- މެރިޓް އުޞޫލުން އެންމެ މަތީ މާރކްސް ލިބޭ ފަރާތް

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

  1. މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019  މާރޗް 27  އާއި  31  އާއި ދެމެދު ތ.ކަނޑޫދޫ ސްކޫލު ގައެވެ. ވީމާ މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް، ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް  ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ؛
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 13:00  ގެ ކުރިން، ތ.ކަނޑޫދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  އަދި، ފެކްސް 6780573 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލައަކީ % 35 އެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ގުޅާނީ 6780573 އަށެވެ. ފެކްސް ކުރާނެ  ނަންބަރަކީ 6780573 އެވެ. އީމެއިލް ކުރާނީ، [email protected]  އަށެވެ.

 

14 މާރިޗު 2019