މަސައްކަތް
ނަންބަރު: (IUL)383/383/2019/16
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 20 މާރިޗު 2019 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޑިއެއް ހަދައިދޭނެ ފަރާތެއްހޯދުން

މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް ތ.ވިލުފުށީ ދެކުނު ކޮޅުން ފިނޮޅަށް ފޭބޭނެގޮތަށް ކޮންކުރީޓުން ސިޑިއެއް ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން، 2019 މާރިޗް 20 ވާ ބުދަ ދުވަހު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި އޮންނާނެއެވެ. އަދި މިކަމަށްއެދި އަގު ހުށަހެޅުން، 2019 މާރިޗް 26 ވާ އަންގާރަ ދުވަހު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި  އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށް ވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 މާރިޗު 2019