މަޤާމް:
|
މުނިސިޕަލް ސަރވިސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-305283
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ރޭންކް:
|
އެމް. އެސް. 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ:
|
މަހަކު -/6,295 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- މަޤާމަށް ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތަކުގެ ތެރެއިން ކޯ ޑިސިޕްލިންގެ ތަޢުލީމީ ރޮނގު ގެ ސެޓްފިކެޓް ހުށަހަޅާފއިވާނަމަ ޓެކުނިކަލް ކޯ ގެ ގޮތުގައި މުސާރައިގެ %28
- ޓެކުނިކަލް ކޯ އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް:
|
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:
|
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް
|
މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ތަޢުލީމާއި، ތަޖުރިބާ
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
އާބަން ސްޓަޑީޒް
|
މަޤާމުގެ މަސައްކަތާއިގުޅޭ ތައުލީމީ ރޮނގުތައް
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- އާބަން ސްޓަޑީޒް
|
މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:
|
- މަގުހެދުމާއި،މަގުމަގަށް ނަންކިޔުމާއި،ކޮންޓެކްޓް އުސޫލުން އިޖުތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ހަވާލުކޮށްފައިވާ ސަރހައްދުތައް، ކައުންސިލުން ކަނޑައަޅާފައިވާ މިންވަރާއި ފެންވަރަށް މަސަކަތްކުރޭތޯ ބަލައި މޮނިޓަރކުރުން.
- ރަށުފެންވަރުގައި ކުނިނައްތާލުމަށް ކުރަންޖެހޭ އިންތިޒާމްތައްކުރުމާއި، ކަރަންޓާއި، ފެނާއި، ފާހާނާއާއި، ނަރުދަމާނިޒާމް ފަދަ އާއްމު ޚިދުމަތްތައް ޤާއިމްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައްކުރުން
- ޕްރީސްކޫލް ޚިދުމަތްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ރާވާ ހިންގުން.
- އިޖްތިމާޢި މަރުކަޒްތަކާއި، ކުޅިވަރުކުޅޭ ދަނޑުތަކާއި، ބިންތައް ބެލެހެއްޓުމާއި، މިތަންތަނުގެ ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުން.
- އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަގުބައްތިއާއި ނެރުބައްތި މަރާމާތުކޮށް ބެލެހެއްޓުން.
- ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، އެކަމަށް އެކަށައަޅަންޖެހޭ ޤަވާޢިދުތައްހަދާ ތަންފީޒްކުރުން.
- ކައުންސިލް އިދާރާގެ ޒިންމާދާރުވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގައި ބައިވެރިވެ ކޮމެޓީގެ ނިންމުންތައް ތަންފީޒްކުރުމަށް މަސައްކަތްކުރުން.
- މުޅިތަނަށް ދިމާވާ ކުއްލި އެމަޖެންސީތަކާއި އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.
- ކައުންސިލާއި، ޑިރެކްޓަރު އަދި ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ރަށުގެ ބިމާއިބެހޭ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ރަށުން ދޫކުރެވިފައިވާ ބިންބިމާއި، ގޯތިތަކާއި އަދި ރަށުގެ ޗާޓު ކުރަހައި ގެންނަންޖެހޭ ބަދަލުތައް ކައުންސިލާއި، ޑިރެކްޓަރު އަދި ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ގެނައުން.
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސްޑް ޕްލޭނާ ތަޢާރަޟް ނުވާނޭ ގޮތުގެމަތިން ރަށުން ބިމާއި، ގޯތި ދޫކުރުމާއި، ބިމާއި، ގޯއްޗާއި، ޢިމާރާތްތައް ރަޖިސްޓަރީ ކޮށްދިނުމާއި، ގޯތި ގޯތީގެ އިމާބެހޭގޮތުން އިދާރާއަށް ހުށަހެޅޭ މައްސަލަތައް ކައުންސިލާއި، ޑިރެކްޓަރު އަދި ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ޙައްލުކޮށްދީ އެކަންކަމުގެ ރެކޯޑްތައް ބެލެހެއްޓުން.
- ރަށުން ދޫކުރެވޭ ބިންބިމާއި، ގޯތި ގޯއްޗާއި، މަގުމަގާއި ގޯޅި ގޯޅީގައިހުންނަ ރުއްގަހުގެ ބަދަލުގެ އެންމެހައި ކަންކަން ޔުނިޓުގެ ވެރިޔާގެ ލަފާގެމަތިން ކޮށް، އޭގެ ރެކޯޑް ބެލެހެއްޓުން.
- އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނޭ ގޮތުގެ މަތިން ރަށުފެންވަރުގައި ކުނިތައްތާލެވޭނޭ އިންތިޒާމް، ކައުންސިލާއި، ޑިރެކްޓަރު އަދި ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ހަމަޖެއްސުން.
- ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ބަނދަރާއި ދަތުރުހިޔާ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
- ހެދިފައިވާ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތީން ރަށުގެ ކަރަންޓާއި، ފެނާއި، ފާޚާނާ އާއި ނަރުދަމާ ނިޒާމް ފަދަ ޢާއްމު ޚިދުމަތްތައް ދިނުމާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން
- ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ޤަބުރުސްތާން ބެލެހެއްޓުމާއ ކައުންސިލް އިދާރާ ހިންގަވާ ވެރިޔާ ނުވަތަ ޑިރެކްޓަރ ނުވަތަ ޔުނިޓްގެ ވެރިޔާގެ ލަފާގެ މަތީން ކަށުކަމާކެމީގެ ކަންތައްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ސާފުތާހިރުކަން ދަމަހައްޓައި، ރަށުތެރެ ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
- ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤާވާއިދުތަކާއި އުޞޫލްތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްތަކުން ރަށުގެ ބިމާއި ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތްތަކުގެ ރިކޯޑްތައް ބެލެހެއްޓުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެމަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
- ކައުންސިލްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން އަދި ކައުންސިލް ބައްދަލުވުން ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި ކައުންސިލް ބައްދަލުވުންތަކުގެ ޔައުއްމިޔާތައް ލިޔެ ފޮނުވަންޖެހޭ ފަރާތައްފޮނުވައި ފައިލުކުރުން
- ދިވެހި ސިވިލް ސަރވިސް ޤާނޫނާއި ޤަވާޢިދާއި އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލަރުންނާއި އެހެނިހެން ވެރިން އަންގަވާ މަސައްކަތްތައް ކުރުމާއި ރަށުގެ އިޖްތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުން
- ޔުނިޓަށް އަންނަ ސިޓީ، ފެކްސް އަދި އީ މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅުއަޅައި ޖަވާބު ދޭންޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި މަސައްކަތައި ގުޅޭ އެހެނިހެން އިދާރީ މަސައްކަތް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
- މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަން ބެލުމަށް ބޭއްވޭ ޕްރެކްޓިކަލްސް.
|
އިންޓަވިޔު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 25 މާރޗް 2019 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން، ހަށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ވަޒީފާއަށް އެދޭ ފޯމާއެކު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއަށް ހަށަހެޅުން އެދެމެވެ.
|
ޗުއްޓީ:
|
ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.
5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6520034 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|