ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2019/3
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 25 މާރިޗު 2019 14:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ސަރވޭ 2019 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

އިޢުލާން

މިބިއުރޯގެ ފަރާތުން މިއަހަރުގެ އޭޕްރީލް 2019ގައި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ދަނޑުވެރިކަމުގެ ސަރވޭ 2019" ގައި ހަރަކާތްތެރިވުމަށް  20އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި މިސަރވޭއަކީ އަތޮޅުތަކުން ހޮވާލެވޭ ރަށްތަކެއްގައި ކުރެވޭ ސަރވޭއެއްކަމުން އަތޮޅުތަކަށް ދަތުރުކޮށް ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވެވޭނެ މީހެއްކަމުގައިވެސް ވާންވާނެއެވެ. މި ސާރވޭއަކީ އެއްމަސް ދުވަހުގެ މުއްދަތަށް (އޭޕްރީލް 2019 ގެ ނިޔަލަށް) ހިންގޭ ސާރވޭއެކެވެ.

މިސަރވޭގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުންނަށް 3 ދުވަހުގެ ތަމްރީންއެއް ދެވޭނެއެވެ. ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރގެ އެލެވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. އަދި ތަމްރީނުގައި ބައިވެރިވި ދުވަސްތަކުގެ އެލަވަންސް ލިބޭނީ ޓްރެއިނިންގ ފުރިހަމަކޮށް ސަރވޭގެ ފީލްޑް މަސައްކަތުގައި ބައިވެރިވީމައެވެ.

ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިބިއުރޯގެ ވެބްސައިޓުން (http://www.statisticsmaldives.gov.mv/) އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށް ފަހު އައިޑީ ކާޑުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް އެޓޭޗް ކުރުމަށްފަހު 25 މާރިޗް 2019 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މިބިއުރޯއަށް ހުށަހެޅުއްވުން އެދެމެވެ.

މިސަރވޭގެ ކަންތައްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރ 3008454 / 3008455 އަށް ގުޅުއްވުން އެދެމެވެ.

14 މާރިޗު 2019