ދިވެހިރާއްޖެ
ތުއްތު ކުދިން ކިއުމަށްޓަކައި ތައްޔާރުކުރެވިފައިވާ ފޮތް ސެޓް "ބާބާ އާއިލާގެ" 7 ފޮތް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)451-FP/1/2019/3 އިޢުލާން އަށް އެކަށޭނެ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބަތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގ 02 ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
2019 މާރިޗް 19 ވަނަ ދުވަހުގެ 10:00 ށް |
2019 މާރިޗް 26 ވަނަ ދުވަހުގެ 10:00 ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023558 ނަމްބަރ ފޯނާއެވެ.
07 ރަޖަބް 1440
14 މާރިޗް 2019