ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)387/387/2019/23
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 27 މާރިޗު 2019 13:30
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ

އިޢްލާން

މި އިދާރާގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމު ނަންބަރު:

J-273288

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި:

ދާއިމީ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

މުސާރަ:

މަހަކު -/5610ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

މަހަކު -/700 ރުފިޔާ

ޔުނިޓް:

އިކްނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮޅުމަޑުލު ކަނޑޫދޫކައުންސިލްގެ އިދާރާ، ތ.ކަނޑޫދޫ

އޮފީސް

ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ ޝަރުޠުތައް:

1.      ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އަދި ޕުރޮޖެކްޓް މެނޭޖްމަންޓް މި ރޮނގަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެސަނަދެއް ހާސިލްކޮށްފައިވުން

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

 

 

 

1-       މި އިދާރާގެ އެންމެހައި ޕްރޮޖެކްޓްތަކާ ބެހޭ އިދާރީ މަސައްކަތްތައް ރާވައި ހިންގުން 

2-       އިދާރާގައި ކުރަންޖެހޭ ޕްރޮޖެކްޓް ތަކާ  ބެހޭ އެންމެހާ މަސަކަތްތަތަކަށް  ބޭނުންވާ ލަފަޔާ މަޝްވަރާ  ކައުންސިލަށް ދިނުން .

3-       އިދާރާއިން ބަލަހައްޓަންޖެހޭ ޢިމާރާތްތަކާއި  ނިމިފައިހުންނަ ޕްރޮޖެކްޓް ތަކުގެ ޚިދްމަތް މެދުނުކެނޑި ދެވޭގޮތަށް  ކުރަންޖެހޭ މަރާމާތު ތަށް ކުރުމާބެހޭ މަސައްކަތް ތަށް ހިންގާ ބެލެހެއްޓުން.

4-       ރަށުގައި ހިންގިދާނެ ޕްރޮޖެކްޓްތަކަކީ ކޮބައިތޯ ބަލައި ދިރާސާކޮށް ކައުންސިލްގެ މަޝްވަރާއާއެކު ރަށަށް ފައިދާހުރި ޕްރޮޖެކްޓެއް ހިންގުމަށް ބޭނުންވާ އެންމެހާ މަސައްކަތް ތަށް ކުރުން             

5-       ޕްރޮޖެކްޓްތަށް އެކުލަވާލުމަށް ފަހު ބަޖެޓާ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުން 

6-       މިއިދާރާގެ ޕްރޮޖެކްޓްތަކާ ސަރުކާރުންހިންގަވާ ޕްރޮޖެކްޓްތަށް ޤަވައިދާ އެއްގޮތަށްދެފުށްފެންނަ ގޮތަށް ތެދުވެރިކަމާއެކު ހަވާލްކޮށް ހިންގެވުމާ އަޅަންޖެހޭ ފިޔަވަޅުތަށް އަޅާ ބެލެހެއްޓުން

7-       ޕްރޮޖެކްޓްތަށް ހަމަޖެހިފައިވާ ޤަވައިދުތަކާ އެއްގޮތަށް އެކުލަވާލުން

8-       ކައުންސިލުން ކަނޑައަޅާ އެކި އެކި ކަންކަމާ ގުޅިގެން ހިންގަންޖެހޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން ޕްރޮޕޯޒަލްތައް ތައްޔާރު ކުރަންޖެހޭ ޕްރޮޖެކްޓް ތަކަށް ޕްރޮޕޯޒަލް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވައި އެކަން ކަމަށް ފަންޑު ހޯދުމަށް މަސައްކަތް ކުރުން.

9-       ސީދާ ޕްރޮޖެކްޓަކަށް ނުވިނަމަވެސް އިދާރާއިން ކުރަންޖެހޭ ޕްރޮޖެކްޓާ ގުޅުންހުންނަ މަސައްކަތްތަކަށް ކުރުން   

10-   ޕްރޮޖެކްޓަތަކާއި މިދާއިރާއިން ހަދަންޖެހޭ އެގްރިމެންޓްތައް ތައްޔާރުކުރުމާއި އެކަންކަމާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން 

11-   އެއްބުރިއައް ވުރެ އުސްކޮށްކުރެވޭ އިމާރާތައް ހުއްދަދިނުމާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން

 

12-   ހިނގާ ނިމިފައި ހުންނަ ޕްރޮޖެކްޓްތަކާ ހިނގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ދިނުމާއި ޕްރޮޖެކްޓްތަކާ ބެހޭ ތަފާސްހިސާބު ބެލެހެއްޓުން

13-   ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދު ތަކުގެ ދަށުން އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުން 

14-    ކައުންސިލްއިދާރާއިންކުރިޔަށްގެންދާޚާއްޞަމަސައްކަތްތަކުގައިޢަމަލީގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

އެހެނިހެން އެލަވަންސް އަދި އިނާޔަންތައް

ހަމަޖެހިފައިވާ އުޞޫލްތަކާއި އެއްގޮތަށް، ސިވިލް ސަރވިސްގެމުވައްޒަފުންނަށް ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. އަދިއިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަރވިއު  އަދިޕްރެސެންޓޭޝަންއަށް

އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދިޕްރެސެންޓޭޝަން އޮންނާނީ 1 އޭޕްރިލް 2019 ން7އޭޕްރިލް 2019 އާ ދެމެދު،ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލް އިދާރާގައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.      ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެކައުންޓަރުން ލިބެންހުންނާނެއެވެ.)

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަންއަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދިލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެއެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.     ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސްކޮލިފިކޭޝަންއޮތޯރިޓީންފެންވަރު/ލެވަލްކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސްއޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 

6.      މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުންދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

7.      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ

8.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ

9.      . މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދިވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަކުންފުންޏެއްނުވަތައަމިއްލައިދާރާއެއްގައިވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރިމުއްދަތާއި، މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެމުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުންދޫކޮށްފައިވާލިޔުން؛ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާވިސްކޮމިޝަންގެ ވެބްސައިޓް،www.csc.gov.mvއިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 27މާޗް 2019 ވާ ބުދަ ދުވަހުގެ 13.30 ގެކުރިން، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލް އިދާރާ އަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected]އެވެ. އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށްގުޅުއްވާނީ، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާގެ 6780036ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ،[email protected] އެޑްރެހަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 08 ރަޖަބު 1440

                 14 މާޗް   2019

14 މާރިޗު 2019