ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)387/387/2019/22
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 27 މާރިޗު 2019 13:30
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ

އިޢްލާން

މި އިދާރާގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު ނަންބަރު:

J-305827

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ގިންތި:

ދާއިމީ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

މުސާރަ:

މަހަކު -/7,035ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

މަހަކު -/900 ރުފިޔާ

ޔުނިޓް:

އިކްނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮޅުމަޑުލު ކަނޑޫދޫކައުންސިލްގެ އިދާރާ، ތ.ކަނޑޫދޫ

އޮފީސް

ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ ޝަރުޠުތައް:

1.      ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އަދި އާބަން ސްޓަޑީޒް މި ރޮނގަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައިމަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2.     ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އަދި އާބަން ސްޓަޑީޒް މި ރޮނގަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައިމަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

3.     ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އަދި އާބަން ސްޓަޑީޒް މި ރޮނގަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެންމަތީގެ ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

 

 

 

  1. އިކްނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓްގެ އެންމެ އިސް މުވައްޒަފުގެހައިސިއްޔަތުން ޔުނިޓްގެ އެންމެހާ މަސައްކަތްތަކެއް ޤާނޫނުތަކާއިޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގައި ބެލެހެއްޓުމާއި،ޔުނިޓްގެ މަސައްކަތްތަކާ ގުޅޭ ލިޔެކިއުންތައް ރައްކާތެރިކަމާއެކުފައިލްކޮށް ބަލަހައްޓައި، ފަސޭހަކަމާއެކު މި މަޢުލޫމާތުތައް ބެލޭނެއިންތިޒާމު ހަމަޖެއްސުން.
  2. އިކްނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓްގެ ދަށުގައިވާ މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް ސްޕަވައިޒްކުރުމާ، މަސައްކަތް ރާވައި ހިންގުން.
  3. ކައުންސިލުން ކޮންމެ އަހަރަކު ރަތްޔިތުންނާބައްދަލުކުރުމަށް ލާމަރުކަޒީ ޤާނޫނުން ލާޒިމްކޮށްފައިވާ ބައްދަލުވުންތައްބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ބައްދަލުވުމަށް ބޭނުންވާ ހުރިހާލިޔެކިޔުންތަކެއް ޔުނިޓްގެ ތެރެއިން ފުރިހަމަކޮށް، ބައްދަލުވުންތައްބަރާބަރަށް ކުރިޔަށް ގެންދެވުމާއި އަދި ކައުންސިލުން ބާއްވާ އެހެނިހެންބައްދަލުވުންތަކަށްވެސް ބޭނުންވާ އިދާރީ އިންތިޒާމް ހަމަޖެއްސުން.
  4. އިކްނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓަށް އަންނަ ހުރިހާލިޔެކިޔުންތަކަށް ދުވަހުން ދުވަހަށް އެޓެންޑްކޮށް، ޖަވާބުފޮނުވަން ޖެހޭލިޔެކިޔުންތަކަށް ޖަވާބުފޮނުވުމުގެ މަސައްކަތް ޔުނިޓިގެ ތެރެއިން ޒިންމާދާރުވެރިޔާގެ ލަފާއާއެކު ހިންގައިބެލެހެއްޓުން.
  5. ދަނޑުބިންތަކުގެ މަޢުލޫމާތާއި، ދަނޑުވެރިންގެ ރަޖިސްޓްރީ ބެލެހެއްޓުމާ، ދަނޑުވެރިކަން މިހާރަށްވުރެ ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  6. ބަނދަރާ، ބަނދަރު ސަރަހައްދު އަދި އިޖުތިމާޢީ ސަރަހައްދުތަކާ، މަގުތަކު ދުއްވާ ތަކެއްޗަށާ، މީހުންނަށް ދަތިވާގޮތަށް މުދަލާ އެހެނިންތަކެތި ބަހައްޓާފަރާތްތަކަށް އެފަދަ ކަންކަމުން ދުރުވެތިބުމަށް ނަޞޭހަތްތެރިވުމާ، ނަޞޭހަތްތެރިވުމުންވެސް އިސްލާހުނުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.
  7. ކައުންސިލް އިދާރާއިން ކުރަންޖެހޭ ދަތުރުތައް ކައުންސިލުން އަންގާގޮތަކަށް ރާވާ އިންތިޒާމް ކުރުން.
  8. ކައުންސިލްގެ ބެލުމުގެދަށުހުރި ކުޅިވަރުބިންތައް ތަރައްގީކޮށް ބެލެހެއްޓުމަށް މަސައްކަތްކުރުމާ، ކުޅިވަރު ތަރައްގީކުރުމަށް މަސައްކަތްކުރުން.
  9. ކައުންސިލުން ކުރާ އެންމެހާ ވިޔަފާރިތަކުގެ މަޢުލޫމާތު މަހަކު 1 ފަހަރު އާންމުކުރުމާ، ރައްޔިތުންގެ ތެރެއިން ކުރިމަތިވާ ސުވާލުތަކަށް ޖަވާބުދިނުން.
  10. ލޯކަލް ޓޫރިޒަމް، ތައާރަފުކުރުމަށް ކުރަންޖެހޭ ދިރާސާތައްކުރުމާ، ކައުންސިލުން ގެންގުޅޭނެ ސިޔާސަތުތަކުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރުން.
  11. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އެންމެހާހަރުމުދަލާއި ސޮޓޮކަށް ގެންނަ ތަކެތި، މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއެއްގޮތަށް ހިންގައި ބަލެހެއްޓުން.
  12. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތަކަށްބޭނުންވާ އާލާތްތައް ހޯދުމާއި، މިސްކިތު މުވައްޒަފުންގެ އެންމެހާ ކަންކަން،ޒިންމާދާރުވެރިޔާގެ ލަފާޔާ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން.
  13. ކައުންސިލް އިދާރާ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކައް ޔުނިޓްގެ ތެރެއިން ހިންގައި ބެލެއްޓުން
  14. ކައުންސިލްގެ ރަސްމީ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން

އެހެނިހެން އެލަވަންސް އަދި އިނާޔަންތައް

ހަމަޖެހިފައިވާ އުޞޫލްތަކާއި އެއްގޮތަށް، ސިވިލް ސަރވިސްގެމުވައްޒަފުންނަށް ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. އަދިއިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަރވިއު  އަދިޕްރެސެންޓޭޝަންއަށް

އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދިޕްރެސެންޓޭޝަން އޮންނާނީ 1 އޭޕްރިލް 2019 ން7އޭޕްރިލް 2019 އާ ދެމެދު،ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލް އިދާރާގައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.      ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެކައުންޓަރުން ލިބެންހުންނާނެއެވެ.)

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަންއަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދިލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެއެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.     ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސްކޮލިފިކޭޝަންއޮތޯރިޓީންފެންވަރު/ލެވަލްކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސްއޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 

6.      މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުންދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

7.      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ

8.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ

9.      . މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދިވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަކުންފުންޏެއްނުވަތައަމިއްލައިދާރާއެއްގައިވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރިމުއްދަތާއި، މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެމުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުންދޫކޮށްފައިވާލިޔުން؛ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާވިސްކޮމިޝަންގެ ވެބްސައިޓް،www.csc.gov.mvއިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 27މާޗް 2019 ވާ ބުދަ ދުވަހުގެ 13.30 ގެކުރިން، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލް އިދާރާ އަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected]އެވެ. އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށްގުޅުއްވާނީ، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާގެ 6780036ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ،[email protected] އެޑްރެހަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 08 ރަޖަބު 1440

                 14 މާޗް   2019

14 މާރިޗު 2019