ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)147-AIT/1/2019/04
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 20 މާރިޗު 2019 12:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ވަޒީފާ

ވަޒީފާގެ ފުރުޞަތު

ނަންބަރު : IUL)147-AIT/1/2019/04)  

ތާރީޚް: 13 މާރިޗު 2019 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް3)

ބޭނުންވާ ޢަދަދު:

01

މުސާރަ:

  މަހަކު -/4465 ރުފިޔާ

ސާރވިސް އެލަވަންސް:

  މަހަކު -/1500 ރުފިޔާ

މަސައްކަތްކުރަންޖެހޭތަން:

   ޖުވެނައިލް ކޯޓު / މާލެ 

ސެކްޝަން:

ރަޖިސްޓްރާރސެކްޝަން(D)

މަޤާމުގެ އަސާސީ ޝަރުތު:

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛

1.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން       ނުވަތަ؛

2.  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުންދިޔުމާ އެކު، 2 GS ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  • ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި ކޮމްޕިއުޓަރުން ޓައިޕްކުރުމަށްފަރިތަ ފަރާތަކަށްވުން.
  • ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތުރަނގަޅު ފަރާތަކަށްވުން.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:

-ކޯޓަށް ހުށަހެޅޭ މައްސަލަތައް ހުށަހަޅާއަށް އެންޓަރ ކުރުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިޔުން.

- "ޖުވެނައިލް ކޯޓުގައި ވަކާލާތުކުރާނެ ޤާނޫނީވަކީލުންގެ ރަޖިސްޓްރީ" ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.

- ޝަރީޢަތްތަކާއި، ބަންދާގުޅޭ ތަފާސްހިސާބުތައް އަޕްޓޭޑްކޮށް ބެލެހެއްޓުން.

- ކޯޓުގެ ވެބްސައިޓަށް ލުމަށާއި، މީޑިއާތަކަށް ހިއްސާކުރުމަށް ތައްޔާރުކުރަންޖެހޭ ޚަބަރުތައް ތައްޔާރުކުރުމާއި އެއާއި ގުޅިގެން އަޅަންޖެހޭފިޔަވަޅުތައްއެޅުން.

- ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށާއި އަދި ކޯޓުގެ ތަޞައްވަރު ރަގަޅުކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި ކަންކަމުގައި ކުރަންޖެހޭ މަސައްކަތްތައްކުރުން.

- ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކައި ކޯޓުގެ ފަރާތުން ތައްޔާރު ކުރަންޖެހޭ ލީފްލެޓްތަކާއި ލުއިފޮތްފަދަ ތަކެތި، ސެކްޝަންވެރިޔާގެ މަޝްވަރާއާއެކު ތައްޔާރުކުރުމުގެ މަސައްކަތްކުރުން.

-   ސެކްޝަނުގައި ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  މި މަޤާމަށް ހޮވޭފަރާތްތަކަށް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40 ލިބޭނެ.
  • ލިވިން އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ ލިބޭނެ.
  • ނައިޓް ކޯޓުގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން ނައިޓްކޯޓު އެލަވަންސް ލިބޭނެ.
  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން  އިތުރުގަޑީގެ ފައިސާ  ލިބޭނެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހެޅުމަށް އެފޯމުގައިބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (ޖުވެނައިލް ކޯޓު، މ. މާތިލަ) ފޯމު ހުށަހެޅުން އެދެމެވެ.

ސުންގަޑި:

2019 މާރިޗު 20 ވަނަ ދުވަހުގެ 12:00

އިތުރު މަޢުލޫމާތު:

-   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

-   ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

-   ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެ ރިސެޕްޝަނުންނާއި  ވެބްސައިޓު http://www.juvenilecourt.gov.mv އިން ލިބެންހުންނާނެ.

13 މާރިޗު 2019