ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC/1/2019/14)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މި ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދެދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)MMPRC/1/2019/10) އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 މާރިޗު 20 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، މަޖީދީމަގުގައި ހުންނަ މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 މާރިޗު 27 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
6 ރަޖަބު 1440 ހ.
13 މާރިޗު 2019 މ.