ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-A/423/2019/16
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 24 މާރިޗު 2019 00:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                       ނަންބަރު : 16 IL-A/423/2019/

 

 

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަންބަރު:

J-221656

ބޭނުންވާ ޢަދަދު :

01  (އެކެއް)

މަޤާމު ގިންތި

ދާއިމީ       

މަޤާމުގެ ރޭންކު

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ

މުވައްޒަފަށް ލިބޭނެ މުސާރަ:

މަހަކު-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1500/- ރުފިޔާ

އިތުރު ޢިނާޔަތްތައް:

1-      ސަޕޯރޓިންގ ކޯ އެލަވަންސް:  މަހަކު  -/700 ރުފިޔާ

2-      ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  އާއި އެހެނިހެން އެލަވަންސް ލިބޭނެ

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

 

1-      މުވައްޒަފުންގެ ޙާޟިރީ އާއި މުވައްޒަފުންގެ ރަޖިސްޓްރީ އާއި މުވައްޒަފުންގެ ރެކޯޑް ފައިލް ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުން.

2- އޮފީހާއި މިސްކިތު މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ދިވެހި ސިވިލްސަރވިސްގެ ޤަވާއިދާއި އެއްގޮތަށް  އެޗް.އާރު އެމް ޑީ ކޮމިޓީއާއި ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތިން ފުރިހަމަކޮށް އެލިޔުންތައް ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން، ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ގެންގުޅޭ ފަރާތްތަކުގެ ރެކޯޑް އާއި އެމުވައްޒަފުންނާއި ބެހޭ އެންމެހައި މަސައްކަތް ކުރުން.

3- އިދާރާއަށް ނަގަން ޖެހޭ މުވައްޒަފުންނާއި ވަކި ކުރަންޖެހޭ، މުވައްޒަފުންނާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ޒިންމާދާރުވެރިޔާގެ ލަފާގެމަތިން  ފުރިހަމަކުރުން

 

4-  އޮފީހުގެ ޔައުމިއްޔާ އާއި ސްޓާފް މީޓިންތަކުގެ ޔައުމިއްޔާތައް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުމާއި، ރަށުގައި ހިނގާ މުހިއްމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

5-  އޮފީހުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދައި ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއާއި އެއްގޮތަށް ސްޓޮކް ބެލެހެއްޓުން

6- މުވައްޒަފުންގެ ސަލާމާއި، ޗުއްޓީގެ ރެކޯރޑްތައް ބެލެހެއްޓުން

7-  ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން

8-  ކޮންމެ މީލާދީ މަހެއްގެ 30 ވަނަ ދުވަހު އޮފީސް ބަންދުދުވަހުގެ ކުރިން ޖެހިގެން އަންނަމަހުގައި އިދާރާ ހުޅުވާ ލެއްޕުން ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތިން ކުރުން

9-      އޮފީހަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް ކަމާއި ބެހޭ ސެކްޝަންތަކާއި ލިޔުން ޙަވާލުކުރުން

10-  މުސާރަ ހެދުމަށް ބޭނުންވާ އެންމެހައި ރިޕޯޓުތައް ތައްޔާރުކޮށް ފައިސާއާއި ބެހޭ ސެކްޝަނާއި ހަވާލުކުރުން

11-  ކައުންސިލްގެ އިދާރާގެ މަސައްކަތުގެ ތެރެއިން ޙަވާލުމުރެވޭ އެހެނިހެން މަސައްކަތް ކުރުން

12-  ކައުންސިލްގެ އިދާރާގެ ހުރިހައި މުވައްޒަފުން ނުކުމެކުރާ ޚާއްޞަ މަސައްކަތުގައި ބައިވެރިކުރުން

11

 

މަޤާމުގެ ޝަރުތު:   

 

 

 

 

 

 

 

 

  1. 'ޘާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

    

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

-          މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

 

ނޯޓް: މަޤާމު އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާގެ ކްރައިޓީރިއާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ: %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

02-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

03-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

04-  ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތަކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

05-  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

06- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

07-   ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓް ކޮޕީ

08-  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި  ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 25 މާރޗް 2019 އާއި 03 އެޕްރިލް 2019 އާ ދެމެދު ދުވަހެއްގައި ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840004 ނަންބަރު ފޯނާއިއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

       

 

 

05 ރަޖަބު      1440

12 މާރޗް      2019      

 

12 މާރިޗު 2019