ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CDS3/1/2019/19
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 20 މާރިޗު 2019 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މީޓިންގ ރޫމްގައި  4Kވަޔަލަސް ޕްރެސެންޓޭޝަން ހިމެނޭގޮތަށް އަމިއްލަ ތަކެތީގައި ސެޓްއަޕްކޮށް ކޮންފިގަރޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 20 މާރިޗު 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގުގައެވެ.
  4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. ބީލަން ހުށަހަޅުއްވާއިރު، ބީލަމާއިއެކު 6,000 ( ހަ ހާސް) ދިވެހި ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
  6. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 19 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

                                                  04 ރަޖަބު  1440ހ.

                                                  11 މާރިޗު   2019މ.

11 މާރިޗު 2019