މަސައްކަތް
ނަންބަރު: (IUL)311/311/2019/18
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 13 މާރިޗު 2019 12:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޒަކު ހޯދުން

1440 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙްގައި ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، މިއިދާރާގެ ނަމްބަރ 6580072 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 13 މާރޗް 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގުގެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާނީ ނުވަތަ ފޯނުންނަމަ ގުޅުއްވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 1:30 އަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފަރާތްތަކުން އީމެއިލް ކުރައްވާނީ [email protected] އަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަނޑައެޅުމުގައި ބަލަން ހަމަޖެހިފައިވަނީ އަގަށް %80 އަދި ތަޖުރިބާއަށް %20 އެވެ.

11 މާރިޗު 2019