ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)227-ID/227/2019/12
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި:
21 މާރިޗު 2019 13:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ.އަތޮޅު ކައުންސިލްގެ އިދާރާއަށް 15 މީޑިއަމްބެކް އޮފީސް ޗެއަރ ސަޕްލައިކޮށްދިނުމުގެ މަަސައްކަތް
ބީލަން ހުށައެޅުމުގެ ދަޢުވަތު
ޕްރޮޖެކްޓް ނަންބަރު: |
PC-227/2019/G-02 |
އިޢުލާން ނަންބަރު: |
(IUL)227-ID/227/2019/12 |
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 15 މީޑިއަމްބެކް އޮފީސް ޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ޢިދާރާގެ ނަންބަރު: (IUL)227-ID/227/2019/9(28 ފެބްރުއަރީ 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅުއްވާފައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv)ގައި ޑައުންލޯޑްސްގެ ގެދަށުން ފޯރުކޮށްދީފައިވާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2019 މާރިޗު 17ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް މެއިލްކުރުމުން ރެޖިސްޓްރީކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
- މިބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގްއެއް ނޯންނާނެއެވެ. އަދި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2019 މާރިޗު 17ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް ފޮނުއްވުން އެދެމެވެ. މެއިލް/ސިޓީއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 މާރިޗު 18ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރައްވާފައިވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ބީލަން ހުށައަޅާ ފޯމް މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv)އިން 2019 މާރިޗު 11ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2019 މާރިޗު 21ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540025، 6540038
އީމެއިލް: [email protected]، ކޮޕީ: [email protected]
11 މާރިޗު 2019
11 މާރިޗު 2019