މަސައްކަތް
ނަންބަރު: (IUL) PSM-FP/ PSM/2019/09
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 14 މާރިޗު 2019 11:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ ބިދޭސީން ގެނައުމާއި އަދި އެމީހުންގެ ވިސާ އާ ގުޅޭކަންކަން ކޮށްދޭނެ ފަރާތެއްހޯދުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/09

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-004-19) PSM-HR /2019/05

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

              މިކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ ބިދޭސީން ގެނައުމާއި އަދި އެމީހުންގެ ވިސާ އާ ގުޅޭކަންކަން ކޮށްދޭނެ ފަރާތެއްހޯދަން ކުރެވުނު އިޢުލާން ނަމްބަރު (IUL) PSM-FP/ PSM/2019/02 ބާތިލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.                                                                   

              ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކުރުމަށް އެމްޕްލޯއިމެންޓް އެޖެންސީ ހިންގުމަށް ހުއްދަލިބިފައިވާ ފަރާތްތަކުން 14 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 މާރޗް 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

              ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

04 ރަޖަބު 1440

11 މާރޗް 2019

11 މާރިޗު 2019