ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)374-C/374/2019/20
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 02 އޭޕްރިލް 2019 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ތަކެތި މިއިދާރާއަށް ގަންނަން ބޭނުންވެއްޖެ.

ނިލަންދޫ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ތަކެތި މިއިދާރާއަށް ގަންނަން ބޭނުންވެއްޖެ.

ފ. ނިލަންދޫ ކުޑަކުދިންގެ ޕާކުގައި ބެހެއްޓުމަށް ބޭނުންވާ ބައެއް ތަކެތި މިއިދާރާއަށް ގަންނަން ބޭނުންވެއްޖެއެވެ.

މިތަކެތީގެ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 މާރިޗު 10 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ. 

މިތަކެތި ވިއްކުމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިތަކެތި ވިއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުންފުނި ނުވަތަ އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ކައުންސިލްގެ މެއިލް  [email protected] ނުވަތަ  [email protected]  އަށް ފޮނުވަންވާނެއެވެ.

 ވީމާ، 2019 އެޕްރީލް 02 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން www.fncl.gov.mv ޑައުންލޯޑު ކުރެއްވޭނެއެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. ނިލަންދޫ ކުޑަކުދިންގެ ޕާކް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ތަކެތި މިއިދާރާއަށް ވިއްކުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

03 ރަޖަބު 1440

10 މާރިޗް 2019 

10 މާރިޗު 2019