ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2019/18
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 19 މާރިޗު 2019 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް އޮފިސަރގެ މަޤާމަށް މީހުން ހޯދުމަށް

އެސިސްޓަންޓް އޮފިސަރގެ މަޤާމަށް މީހުން ހޯދުމަށް

 

             މި ޑިޕާޓްމަންޓުން ކުރިއަށް ގެންދާ އިމްތިޙާނުތަކުގެ އިދާރީ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ މީހަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ މީހުން 2019 މާރިޗު 19 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ޑިޕާޓްމަންޓަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

 

މަޤާމު: އެސިސްޓެންޓް އޮފިސަރ

ބޭނުންވާ ޢަދަދު: 02 

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް 45.00 ރުފިޔާ

 

ޝަރުޠު:

  1.  ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'  މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން. ނުވަތަ:

 

  1.  އިންފޮމޭޝަން ޓެކްނޮލޮޖީ  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

              ފޯމު މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 10 މީހުންނާއެވެ. ޝޯޓް ލިސްޓް ކުރެވޭ މީހުންނަށް މަސައްކަތު 07 ދުވަހުގެ ތެރޭގައި ގުޅާނެ ވާހަކަ ދަންނަވަމެވެ. 07 ދުވަހުގެ ތެރޭގައި ނުގުޅާނަމަ، ޝޯޓްލިސްޓް ކުރެވޭ މީހުންގެ ތެރޭގައި އެމީހަކު ނުހިމެނެނީއެވެ.

 

                               04ރަޖަބު 1440

                               11މާރިޗު 2019

 

10 މާރިޗު 2019