ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބޭނުމަށް ހދ. ހަނިމާދޫއިން 4 މަސް ދުވަހަށް 3 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެގެން 28 ފެބްރުއަރީ 2019 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL)30-C/30/2019/38) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާން ވަނީ ބާޠިލް ކުރެވިފައެވެ.
ވީމާ، އަލުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ނުވަތަ ހދ. ހަނިމާދޫ ގައި ހުންނަ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ވަޑައިގެންދެއްވުން އެދެމެވެ.
މަސައްކަތުގެ ތަފްސީލް:
- ގެ ހިފުމަށް ހަމަޖެހިފައިވަނީ 10 ޖޫން 2019 އިން ފެށިގެން 04 މަސް ދުވަހަށެވެ.
- ކުއްޔަށްދޭ އަގު ހުށަހަޅަންވާނީ ފެނާއި ކަރަންޓް ހިމެނޭގޮތަށެވެ.
- ކުއްޔަށް ހިފުމަށް ބޭނުންވަނީ 04 މަސް ދުވަހަށެވެ.
- ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތަކީ ގޭގެ ވެރިފަރާތް ކަމަށް ނުވަތަ ކުއްޔަށް ދިނުމަށް ހުށަހަޅާ ގެ ކުއްޔަށް ދިނުމަށް ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 100 )
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ށ. ގޯތީގެ ރަޖިސްޓްރީ އަދި ކުރެހުން
ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
ރ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.