ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-I/IUL/2019/059
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 16:54
ސުންގަޑި: 14 މާރިޗު 2019 13:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
600 ކިލޯވޯޓްގެ 01 ޖަނަރޭޓަރ ސެޓެެއް ގަތުމާއި ގުޅޭ:

ނަންބަރ:FNK-I/IUL/2019/059

 

އިޢުލާން

 

600 ކިލޯވޯޓްގެ 01 ޖަނަރޭޓަރ ސެޓެެއް ގަތުމާއި ގުޅޭ:

      މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް 600ކިލޯވޯޓްގެ  01 (އެކެއް) ޖަނެރޭޓަރ ސެޓްގަތުމަށް ބޭނުންވެއެވެ. އަދި މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މާރިޗް 2019 ވާ ބްރާސްފަތި ދުވަހުގެ 13:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 މާރިޗް 2019 ވާ ބުދަ ދުވަހުގެ 10:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.

      މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000 ޔޫ.އެސް.ޑޮލަރު (ފަސް ހާސް ޔޫ.އެސް.ޑޮލަރު) ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ގޮތުގައި ހުށަހަޅަންވާނީ އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ މޯލްޑިވްސް މަނިއްޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ރަޖިސްޓްރީކޮށްފައިވާ އިންސްރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންސްރެންސް ޕޮލިސީގެ އޮރިޖިނަލްއެެވެ. ޗެކް ވާންވާނީ ބެންްކް ގެރެންޓެޑް ސްޓޭޕް ޖެހިފައިވާ ޗެކަކަށެވެ. އަދި ބިޑް ސެކިއުރިޓީ ހުށަހަޅަންވާނީ އަންދާސީ ހިސާބު ހުށައަޅާ ކުންފުނީގެ ނަމުގައެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބް، ބިޑް ސެކިއުރިޓީ ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބް އަދި  ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

                  03  ރަޖަބު 1440

                  10 މާރިޗް 2019

 

 

 

10 މާރިޗު 2019