މަސައްކަތް
ނަންބަރު: (IUL)450-CA/1/2019/13
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 21 މާރިޗު 2019 14:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 2018/R-101 )ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު(ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ ކަންކަމާ ގުޅޭ ޓެކްނިކަލް ކޮމިޓީގައި ބައިވެރިވުމަށް ފަރާތެއް ހޯދުން

ގަވާއިދު ނަންބަރު: 2018/R-101 (ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު) ގައި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ގޮތުން އެކުލަވާލުމަށް ބަޔާންކޮށްފައިވާ 'ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ' އަކީ ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި މަސައްކަތް ކުރާ އެކިއެކި ދާއިރާގެ މީހުން ހިމެނޭގޮތަށް އެކުލަވައިލާ ފަންނީ ގުނަވަނެވެ. މި ގޮތުން، މި ގަވާއިދުގެ ދަށުން އެކުލަވައިލާ ޓެކްނިކަލް ކޮމެޓީގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ އަދި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތައް ހިމެނުމަށް ބަޔާންކޮށްފައިވާތީ، މި ކޮމިޓީގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. މި ގޮތުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ތިރީގައި އެވާ މައުލޫމާތުތައް ހިމަނައި، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

  1. މީހާގެ ވަނަވަރު
  2. ގެވެށި އަނިޔާއާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެފައިވާ އަދަދާއި ތަފްޞީލު
  3. ގެވެށި އަނިޔާ ލިބޭ މީހުންނަށް އަދި އަނިޔާ ކުރާ މީހުންނަށް ޚާއްޞަކޮށް، ޕްރޮގްރާމް ފަރުމާކޮށް، ހިންގާފައިވާނަމަ/ހިންގާނަމަ، ތަފްޞީލު
  4. ގެވެށި އަނިޔާއާ ގުޅޭގޮތުން ހިންގާ/ހިންގާފައިވާ ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގެ އަދަދާއި ތަފްޞީލު
  5. ގެވެށި އަނިޔާއާ ގުޅޭ ޚިދުމަތެއް، އަނިޔާ ލިބޭ މީހުން އަދި އަނިޔާ ކުރާ މީހުންނަށް ޚާއްޞަކޮށް ފޯރުކޮށްދޭނަމަ، ޚިދުމަތްތަކުގެ ތަފްޞީލު
  6. ގެވެށި އަނިޔާއާ ގުޅޭ ދިރާސާ/އާރޓިކަލް ތައްޔާރުކޮށް، އާންމުކޮށްފައިވާނަމަ، އަދަދާއި ތަފްޞީލު
  7. ގެވެށި އަނިޔާއާ ގުޅުންހުރި މަސައްކަތުގައި ހޭދަކޮށްފައިވާ މުއްދަތު

ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުންތައް

-          އެ މީހަކު މަސައްކަތްކުރަނީ ރެޖިސްޓަރ ކޮށްގެން މަސައްކަތްކުރަންޖެހޭ ޕްރޮފެޝަންއެއްގައިނަމަ، ޕްރެކްޓިސްކުރުމުގެ ލައިސަންސްގެ ކޮޕީ.

 

 

ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމެޓީއަށް އަމިއްލަ ފަރާތެއް ހޮވުމުގައި ގުޅުންހުރި ދާއިރާތަކުން މަތީ ތަޢުލީމް ހާޞިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި، މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި، އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް މި ފުރުސަތު ދެވޭނެއެވެ.

 

ވީމާ، މިކަމަށް، ޝައުގުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ނުވަތަ އީމޭލް މެދުވެރިކޮށް [email protected] މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމަނައި، 21 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 2:30 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  

 

އިތުރު މައުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

 

 

10 މާރިޗު 2019

10 މާރިޗު 2019