މަސައްކަތް
ނަންބަރު: (IUL)450-CA/1/2019/12
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 21 މާރިޗު 2019 14:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 2018/R-101 )ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު(ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ ކަންކަމާ ގުޅޭ ސްޓިއަރިންގ ކޮމިޓީގައި މަދަނީ ޖަމްޢިއްޔާތައް ތަމްސީލު ކުރާނެ ފަރާތެއް ހޯދުން

ގަވާއިދު ނަންބަރު: 2018/R-101 (ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު) ގައި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ގޮތުން އެކުލަވާލުމަށް ބަޔާންކޮށްފައިވާ 'ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީ' އަކީ ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކިއެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުމުގެ އޮނިގަޑުގެ އެންމެ އިސް ދައުރު އަދާކުރާ ގުނަވަނެވެ. މި ގޮތުން، މި ގަވާއިދުގެ ދަށުން އެކުލަވައިލާ ސްޓިއަރިންގ ކޮމެޓީގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާތައް ތަމްސީލު ކުރާ 2 (ދޭއް) ޖަމްޢިއްޔާއެއް ހިމެނުމަށް ބަޔާންކޮށްފައިވާތީ، މި ކޮމިޓީގައި މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. މި ގޮތުން، މިކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތައް ތިރީގައި އެވާ މައުލޫމާތުތައް ހިމަނައި،  ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

  1. ޖަމްޢިއްޔާގެ ކުރު ތަޢާރުފެއް
  2. ޖަމްޢިއްޔާގެ ފަރާތުން ގެވެށި އަނިޔާއާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެފައިވާ ޢަދަދާއި ތަފްޞީލު
  3. ޖަމްޢިއްޔާގެ ފަރާތުން ގެވެށި އަނިޔާ ލިބޭ މީހުންނަށް އަދި އަނިޔާ ކުރާ މީހުންނަށް ޚާއްޞަކޮށް، ޕްރޮގްރާމް ފަރުމާކޮށް، ހިންގާފައިވާނަމަ/ހިންގާނަމަ، ތަފްޞީލު
  4. ޖަމްޢިއްޔާގެ ފަރާތުން ގެވެށި އަނިޔާއާ ގުޅޭގޮތުން ހިންގާ/ހިންގާފައިވާ ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގެ ޢަދަދާއި ތަފްޞީލު
  5. ޖަމްޢިއްޔާގެ ފަރާތުން ގެވެށި އަނިޔާއާ ގުޅޭ ޚިދުމަތެއް، އަނިޔާ ލިބޭ މީހުން އަދި އަނިޔާ ކުރާ މީހުންނަށް ޚާއްޞަކޮށް ފޯރުކޮށްދޭނަމަ، ޚިދުމަތްތަކުގެ ތަފްޞީލު
  6. ޖަމްޢިއްޔާގެ ފަރާތުން ގެވެށި އަނިޔާއާ ގުޅޭ ދިރާސާ/އާރޓިކަލް ތައްޔާރުކޮށް، ޢާންމުކޮށްފައިވާނަމަ، ޢަދަދާއި ތަފްޞީލު
  7. ގެވެށި އަނިޔާއާ ގުޅުންހުރި މަސައްކަތުގައި ޖަމްޢިއްޔާއިން ހޭދަކޮށްފައިވާ މުއްދަތު

ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުންތައް

-          ޖަމްޢިއްޔާގެ ރެޖިސްޓްރޭޝަންގެ ކޮޕީ

-          ސްޓިއަރިންގ ކޮމެޓީގައި ޖަމްޢިއްޔާ ތަމްޞީލުކުރާނެ ފަރާތުގެ ވަނަވަރު އަދި މިއީ ރެޖިސްޓަރ ކުރަންޖެހޭ ޕްރޮފެޝަންއެއްގައި މަސައްކަތް ކުރާ ފަރާތެއްނަމަ، ޕްރެކްޓިސްކުރުމުގެ ލައިސަންސްގެ ކޮޕީ.

ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމެޓީއަށް ޖަމްޢިއްޔާއެއް ހޮވުމުގައި މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި، އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 2 (ދޭއް) ޖަމްޢިއްޔާއަކަށް މި ފުރުސަތު ދެވޭނެއެވެ.

 

ވީމާ، މިކަމަށް، ޝައުގުވެރިވާ ޖަމްޢިއްޔާތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ނުވަތަ އީމޭލް މެދުވެރިކޮށް [email protected] މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމަނައި، 21 މާރިޗު 2019 ވާ ބްރާސްފަތި ދުވަހުގެ 2:30 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  

 

އިތުރު މައުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

 

 

10 މާރިޗު 2019

10 މާރިޗު 2019