ދިވެހިރާއްޖެ
`
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ، ދިވެހިރާއްޖެ
| 
 ވަޒީފާގެ ފުރުޞަތު  | 
 ނަންބަރު: 198-MJA-C/2019/06  | 
||
| 
 ތާރީޚް: 07 މާރިޗު 2019  | 
|||
| 
 މަޤާމު  | 
 އެސިސްޓެންޓް ލީގަލް އޮފިސަރ  | 
 ރޭންކް: LS2  | 
|
| 
 ޢަދަދު  | 
 01  | 
||
| 
 މަސައްކަތްކުރަންޖެހޭ ތަން  | 
 ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ / ވިލިމާލެ  | 
||
| 
 އަސާސީ މުސާރަ  | 
 9,412/- ރުފިޔާ  | 
||
| 
 މިމަޤާމަށް ލިބޭ އެލަވަންސް  | 
 - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %65 - ސަރވިސް އެލަވަންސް: 3,000/- - ލިވިންގ އެލަވަންސް: 3,000/- - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.  | 
||
| 
 އަސާސީ ޝަރުޠު  | 
 1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާ އެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލު ކޮށްފައި ވުން.  | 
||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް  | 
 1. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން،އަދި ބޭނުން ވާ ފަންނީ އެހީތެރިކަން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިގެން،އެކަޑަމީގެ ތަމްރީނުގެ މަންހަޖު ތައްޔާރު ކޮށް،އަހަރުން އަހަރަށް އެ މަންހަޖު މުރާޖައާ ކޮށް ތަރައްގީ ކުރުމާއި،އެކަޑަމީގެ ތަމްރީނު ޕްރޮގްރާމްތައް އެކުލަވައިލައި ހިންގުމުގައި އެ މަންހަޖަށް ފުރިހަމަޔަށް ތަބާ ވެވޭކަން ކަށަވަރު ކުރުން. 
 2. ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން،އެކަޑަމީގެ އަހަރީ ޕްރޮގްރާމް ޕްލޭނުގައި ހިމެނޭ ޝަރުޢީ އަދި ޤާނޫނީ ތަމްރީނާއި ކޮންޓިނުއިންގ އެޑިޔުކޭޝަނުގެ ޕްރޮގްރާމްތަކުގެ ކަރިކިޔުލަމާއި ކޮންޓެންޓް ތައްޔާރު ކުރުމުގެ އެންމެހައި މަސައްކަތްތަކެއް ކުރުމާއި،މި މަސައްކަތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާން ޖެހޭ ނަމަ އެ ކަން އިންތިޒާމު ކޮށް ބެލެހެއްޓުން. 
 3. އެކަޑަމީން ހިންގާ ޝަރުޢީ އަދި ޤާނޫނީ ތަމްރީނުގެ ވޯރކްޝޮޕްތަކާއި ސެމިނާރު ފަދަ ޕްރޮގްރާމްތަކާ ގުޅޭ އަތްމަތީފޮތްތަކާއި ލުއިފޮތް ފަދަ ތަކެތި ތައްޔާރު ކުރުމާއި،ޕްރޮގްރާމްތަކާ ގުޅިގެން އެކަޑަމީގެ ވެބްސައިޓުގައި ޝާއިއު ކުރާން ޖެހޭ ލިޔެކިޔުންތައް ތައްޔާރު ކޮށް ވެބްސައިޓު އަދާހަމަ ކުރުމުގެ މަސައްކަތް ކުރާ މުވައްޒަފަކާ ހަވާލު ކުރުމާއި،އެ ތަކެތި ރަނގަޅަށް ޝާއިއު ކުރެވޭތޯ ޗެކު ކޮށް ބެލުމާއި، ކޮންފަރެންސްތަކުގެ ރިޕޯޓުތައް އެކުލަވައިލުމުގެ މަސައްކަތް ކުރުން. 
 4. ކަމާގުޅޭ އުސޫލުތަކުގެ މަތީން،އެކަޑަމީގެ ޖާރނަލް އޮފް ޖުޑީޝަލް އެންޑް ލީގަލް ސްޓަޑީޒްގެ ކަންކަން އިންތިޒާމު ކޮށް،ޖާރނަލަށް ބޭނުން ވާ މަޒުމޫނުތަކާއި އެކިއެކި މައުލޫމާތު ހޯދައި އެއް ކުރުމުގެ ކަންކަން ކުރުމާއި،އެޑިޓޯރިއަލް ބޯޑުން މަޒުމޫނުތައް ފާސް ކުރުވުމުގެ ކަންކަން ބެލެހެއްޓުމާއި،ޖާރނަލުގެ ލޭއައުޓުގެ މަސައްކަތް އިންތިޒާމު ކުރުމާއި،މިކަންކަން ނިންމުމަށް ފަހު،ޗާޕް ކުރުމާއި ވިއްކައި ނުވަތަ ބެހުމުގެ ކަންކަން ކުރުމަށް ޓަކައި ޖާރނަލްގެ ޕީޑީއެފް ފައިލް ޖެނެރަލް ސަރވިސަސް ޑިވިޜަނާ ހަވާލު ކުރުން. 
 
 5. އެކަޑަމީން އެކިއެކި ފަރާތްތަކާ އެކުގައި ވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި،އެކަޑަމީން އެކިއެކި ފަރާތްތަކާ އެކުގައި ވާ އެއްބަސްވުންތަކާ ގުޅިގެން ކުރާން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 
 
 6. އެކަޑަމީގެ ބޭނުންތަކަށް ޓަކައި އިނގިރޭސި ބަހުން ދިވެހި ބަހަށް،އަދި ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރާން ބޭނުން ވާ ޝަރުޢީ އަދި ގާނޫނީ ލިޔެކިޔުންތައް ތަރުޖަމާ ކުރުމާއި،މި މަސައްކަތް އައުޓްސޯރސް ކޮށްގެން ކުރާ ހާލަތުގައި އެކަން އިންތިޒާމު ކުރުމާއި ކުރެވޭ މަސައްކަތުގެ ފެންވަރު ބަލައި ޗެކު ކުރުން. 
 
 7. އެކަޑަމީއަށް ނުވަތަ އެކަޑަމީގެ ޑިވިޜަނަކަށް ނުވަތަ އެކަޑަމީގެ މުވައްޒަފަކަށް ރަސްމީ ހައިސިއްޔަތުން ވަޒީފާގެ ކަމެއްގައި ގާނޫނީ ލަފައެއް ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް އެކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުމާއި،އެކަޑަމީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާން ޖެހިއްޖެ ދަނޑިވަޅެއްގައި ނަމަ އެ ހައިސިއްޔަތުން މަސައްކަތް ކުރުން. 
 
 8. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކާ އެކުގައި ބާއްވާ ބައްދަލުވުންތަކުގައި އެކަޑަމީ ތަމްސީލު ކުރާން ޖެހޭ ހާލަތުގައި ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން އެކަން ކުރުން. 
 9. ޕްރޮގްރާމްސް އެންޑް ޕަބްލިކޭޝަންސް ޑިވިޜަނުގެ ވެރިޔަކު ނުހުންނަވާ ހާލަތުތަކުގައި ޑިވިޜަން ވެރިޔެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުން. 
  | 
||
| 
 މި މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް  | 
 · ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. · ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން. · ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން. · އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން. · މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތްތައް ކަމުގައިވުން. · ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.  | 
||
| 
 ހުށަހަޅަންޖެހޭ ތަކެތި  | 
 1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)  | 
||
| 
 ސުންގަޑި  | 
 24 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ހުށަހެޅުއްވުން އެދެމެވެ.  | 
||
| 
 އިތުރު މަޢުލޫމާތު  | 
 · މި މަޤާމަށް އެދިލައްވާ ފަރާތްތަކުންފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިއެކަޑަމީގެ ރިސެޕްޝަނުންނާއި، މިއެކަޑަމީގެ ވެބްސައިޓް: www.judicialacademy.gov.mv އިން ލިބެން ހުންނާނެއެވެ. · މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3396880 · ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. · އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.  | 
||