ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2019/16
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 11 އޭޕްރިލް 2019 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

ރ. ހުޅުދުއްފާރުން ދިރިއުޅުމަށް 2000 އަކަފޫޓުގެ 70 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާތީ މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލް" އާއި އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް މާރކްސްދީ، އެންމެމަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ. މިދެންނެވި ތަރުތީބުން ގޯތި ދޫކުރަމުން ގޮސް، ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ، އޭގެތެރެއިން ގޯތި ލިބޭމީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ރ. ހުޅުދުއްފާރުން ގޯތި ދޫކުރުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރާނީ 18 މާރޗް 2019 ވަނަ ދުވަހުން ފެށިގެން 31 މާރޗް 2019 ވަނަ ދުވަހާއި ހަމައަށެވެ. އަދި ފޯމް ބަލައިގަންނަން ފަށާނީ 25 މާރޗް 2019 ވަނަ ދުވަހުންފެށިގެންނެވެ. ފޯމް ބަލައިގަންނާނެ އެންމެފަހު ތާރީޚަކީ 11 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށެވެ. ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ މަޢުލޫމާތު ގޯއްޗަށްއެދި ހުށަހަޅާފައިވާ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ. ފޯމާއިއެކު ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލާއި ރ. ހުޅުދުއްފާރުން ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް މިޢިއުލާނާއިއެކު ޢާއްމުކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6580069 ފޯނާއި ރަސްމީގަޑީގައި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

30 ޖުމާދަލްއާޚިރާ 1440

 

ރ. ހުޅުދުއްފާރުން ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް:

 

  1. ދިވެހި ރައްޔިތެއް ކަމުގައިވުން
  2. މީލާދީ ގޮތުން އުމުރުން 21 އަހަރު ވެފައިވާ މީހެއްކަމުގައިވުން (ޢުމުރު ބަލާނީ ގޯއްޗަށްއެދި އިޢުލާން ކުރާ ތާރީޚާއި ހަމައަށެވެ.)
  3. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން
  4. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން
  5. 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާބެހޭ ޤަވާއިދު"އާއި އެއްގޮތްވާ ގޮތުގެމަތިން އެ ބިން ދޫކޮށްލަން އެއްބަސްވުން. އަދި، އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމުބާތިލްވާނެއެވެ.
  6. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނެތުން
  7. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައިވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.
  8. ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުއީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން
  9. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.
  10. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސްރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.

 

  • މިޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ ފޯމް އިވެލުއޭޝަން މަރުހަލާގައި ބާތިލްވާނެއެވެ. އަދި އެ ފޯމްތައް ބާޠިލްވެފައިވާކަން ސަބަބާއެކު، ފޯމް ހުށަހެޅި ފަރާތަށް އަންގާނެއެވެ.

 

ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލް

 

  1. މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، އެމާއްދާގެ (ވ) ގެ ދަށުން ރ. ހުޅުދުއްފާރު ކައުންސިލުން އެކުލަވާލެވިފައިވާ އުސޫލެކެވެ.
  2. މިއުސޫލަށް އަމަލުކުރަން ފަށާނީ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް އިޢުލާން ކުރާ ތާރީޚުން ފެށިގެންނެވެ.
  3. ޕޮއިންޓް ދިނުމުގައި، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ހާލަތުކަމަށް ބަލާނީ، ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚާއި ހަމައަށް އެފަރާތެއްގެ ޚާލަތު ހުރި ގޮތަށެވެ. ނަމަވެސް، ތިރީގައިވާ ޙާލަތަކުންކުރެ ހާލަތަކަށް ބަދަލެއް އައިސްފައިވާނަމަ، ޕޮއިންޓް ދިނުމުގައި އަދި ގޯތިދިނުމުގައި އެހާލަތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

  ހ. ފޯމް ހުށަހަޅާފައިވާ ފަރާތް ނިޔާވުން.

  ށ. ހިބައިން ނުވަތަ ވަޞިއްޔަތުން، ނުވަތަ ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ބިމެއް ލިބުން.

  ނ. ދިވެހިރައްޔިތުކަން ދޫކުރުން.

4. އިޢުލާނުގެ މުއްދަތު ހަމަވުމުގެ ކުރިން ގޯއްޗަށް އެދި ހުށަހަޅާ ހުރިހާ ފޯމެއްވެސް ޝަރުތު ފުރިހަމަވާނަމަ ބަލައިގަނެވޭނެއެވެ. އެގޮތުން، ހުށަހަޅާފައިވާ ފޯމްތަކާމެދު ގޮތެއް ނިންމައި، ބާޠިލްވާ ފޯމްތައް ކަނޑައަޅައި، އަދި އެ ނޫންވެސް އިވެލުއޭޝަންގެ މަސައްކަތްކުރާނީ އެކަމަށް އެކުލަވާލާފައިވާ އިވެލުއޭޝަން ކޮމިޓީއިންނެވެ. އަދި ކޮމެޓީ އެކުލަވާލުމަށްފަހު ކޮމެޓީގައި ހިމެނޭ ފަރާތްތައް އިޢުލާން ކުރެވޭނެއެވެ.

5. ގޯއްޗަށް އެދޭ ފޯމުގައި ޙަޤީޤަތާއި ޚިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ.

6. ގޯއްޗަށް އެދޭ ފޯމްގައި ބަޔާންކޮށްފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ސާބިތުކުރުމަށް، ފޯމުގެ ޗެކްލިސްޓްގައި ހިމަނާފައިވާ ލިޔުންތައް ފޯމާއެކު ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގެ ޝަރުތު ފުރިހަމަވާކަން ސާބިތުކުރުމަށް ހުށަހަޅަންޖެހޭ ލިޔުމެއްކަމުގައި ނުވާނަމަ، އެލިޔުމެއްނެތި ސާބިތުކުރެވެން ނެތް ބައިތަކަށް ޕޮއިންޓް ނުދީ، ދެންހުރި ބައިތަކަށް ޕޮއިންޓް ދެވޭނެއެވެ.

7. ޕޮއިންޓް ދެވޭނީ "ރ. ހުޅުދުއްފާރުން ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ މިންގަނޑު"ގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ޕޮއިންޓެވެ.

8. ގޯއްޗަށް އެދޭ ފޯމުގައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކަށް ގޯތި ލިބިފައިވަނިކޮށް، ގޯތި ދޫކުރެވިފައިވަނީ ފޯމުގައި ހިމަނާފައިވާ ދޮގު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ދެވިފައިވާ ޕޮއިންޓްގެ މައްޗަށް ކަމަށް ސާބިތުވެއްޖެނަމަ، ބަދަލު ދިނުމަކާނުލައި، އެގޯތި އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ.

9. ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުޠުހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓް ލިބޭމީހުން ކަނޑައަޅާނީ ގޯތިދިނުމުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް އެކުލަވާލެވިފައިވާ ކޮމެޓީންނެވެ.

10.  ދެމަފިރިން ގޯއްޗަށްއެދި، ޕޮއިންޓުގެ ގޮތުން އެދެފަރާތް އެއްވަރުވެއްޖެނަމަ ގޯތި ދޭނެ ފަރާތެއް ދެމަފިރިން ކަނޑައަޅާ ކައުންސިލަށް އަންގަންވާނެއެވެ. އެދެފަރާތުން ވަކި ގޮތެއް ނާންގާނަމަ، ގޯތި ދެވޭނީ އެދެފަރާތުގެ މެދުގައި ގުރުއަތުން ނަގައިގެންނެވެ. ނަމަވެސް ދެމަފިރިން ގޯއްޗަށްއެދި، ޕޮއިންޓުގެ ގޮތުން ތަފާތުނަމަ، ގޯތި ދެވޭނީ އެންމެ މަތިން މާކުސް ލިބިފައިވާ ފަރާތަށެވެ.

 

 

ރ. ހުޅުދުއްފާރުން ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ މިންގަނޑު

 1.               ގޯތި ގެދޮރުގެ ބައި:

ގޯއްޗަށް އެދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނުވާނަމަ

25 ޕޮއިންޓް

 2.               ކައިވެނީގެ ބައި:

(ހ) މީހަކާއި އިނދެގެން ހުރިނަމަ (ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.)

10 ޕޮއިންޓް

(ށ) މީހަކާއި އިނދެ ވަރިކޮށް 18 އަހަރުން ދަށުގެ ދަރިން ތިބިނަމަ (ދަރިން ބަލާ ފަރާތަށް)

(ދަރިން ބަލަހައްޓަމުން ގެންދާކަމުގެ ލިޔުމެއް 02 ހެކިންގެ ސޮޔާއިއެކު ހުށަހަޅަންވާނެއެވެ.)

10 ޕޮއިންޓް

(ނ) ކައިވެނި ކޮށްގެން އުޅޭތާ މެދުކެނޑުމެއްނެތި 5 އަހަރު ވެފައިވާނަމަ

05 ޕޮއިންޓް

 3.               ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ބައި:

(ހ) ޚާއްސައެހީއަށް ބޭނުންވާ މީހެއްނަމަ

(ޚާއްސައެހީއަށް ބޭނުންވާ މީހެއްކަމަށް ބެލެވޭނީ ދައުލަތުން އިނާޔަތް ލިބޭފަރާތްތަކަށެވެ. އަދި އިނާޔަތް ލިބޭކަމުގެ ރަސްމީ ލިޔުމެއް ފޯމާއިއެކު ހުށަހަޅަންވާނެއެވެ.)

20 ޕޮއިންޓް

 4.               ޢުމުރުގެ ބައި:

(ހ) ޢުމުރުން 21 އަހަރާއި 25 އަހަރާ ދެމެދު ނަމަ

(ޢުމުރު ބަލާނީ ގޯއްޗަށްއެދި އިޢުލާން ކުރާ ތާރީޚާއި ހަމައަށެވެ.)

05 ޕޮއިންޓް

(ށ) ޢުމުރުން 25 އަހަރުން މަތިނަމަ

(ޢުމުރު ބަލާނީ ގޯއްޗަށްއެދި އިޢުލާން ކުރާ ތާރީޚާއި ހަމައަށެވެ.)

07 ޕޮއިންޓް

 5.               ދަރިންގެ ބައި:

(ހ) މީހަކާ ނުއިނދެ ހުރި 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ (ޝަރުޢީގޮތުން ކޯޓު މެދުވެރިކޮށް ބެލުން ޙަވާލުކޮށްފައިވާ 18 އަހަރުން ދަށުގެ ކުދިންނަށްވެސް އެކަމާއިގުޅޭ ރަސްމީ ލިޔުމެއް ހުށަހަޅާފައިވާނަމަ ޕޮއިންޓް ލިބޭނެއެވެ.)

10 ޕޮއިންޓް

(ށ) މީހަކާ ނުއިނދެ ހުރި 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން  ތިބިނަމަ ކޮންމެ ކުއްޖަކަށް

   ( މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް )

04 ޕޮއިންޓް

(ނ) ދާއިމީ ގޮތެއްގައި ޚާއްސައެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކު ހުރިނަމަ

(ޚާއްޞަ އެހީއަށް ބޭނުންވާކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

03 ޕޮއިންޓް

(ރ) ދާއިމީ ގޮތެއްގައި ޚާއްސައެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް  ( މިބަޔަށް ގިނަވެގެން ދެވޭނީ 08 ޕޮއިންޓް )

(ޚާއްޞަ އެހީއަށް ބޭނުންވާކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

04 ޕޮއިންޓް

 6.                މައިން ބަފައިންގެ ބައި:

(ހ) ޢަމަލީ ގޮތުން މަންމަ ބަލަމުން ގެންދާނަމަ  (މަންމަ ދިރިއުޅޭނެ ތަނެއް ނެތިގެން)

(އެކަން އެނގޭނޭ ލިޔުމެއް، ދެހެކިންގެ ސޮޔާއިއެކު ހުށަހަޅަންވާނެއެވެ.)

03 ޕޮއިންޓް

(ށ) ޢަމަލީގޮތުން ބައްޕަ ބަލަމުން ގެންދާނަމަ   (ބައްޕަ ދިރިއުޅޭނެ ތަނެއް ނެތިގެން)

(އެކަން އެނގޭނޭ ލިޔުމެއް، ދެހެކިންގެ ސޮޔާއިއެކު ހުށަހަޅަންވާނެއެވެ.)

03 ޕޮއިންޓް

(ނ) މައިން ބަފައިންނާއި ދަރިން ފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު  ބަލަމުންގެންދާނަމަ

(އެކަން އެނގޭނޭ ލިޔުމެއް، ދެހެކިންގެ ސޮޔާއިއެކު ހުށަހަޅަންވާނެއެވެ.)

03 ޕޮއިންޓް

 7.               ރަށްވެހިކަމުގެ ބައި:

(ހ) ރ. ހުޅުދުއްފާރުގެ ރަށްވެއްސެއްނަމަ

20 ޕޮއިންޓް

(ށ) ރ. ހުޅުދުއްފާރުގެ ރަށްވެއްސަކަށްނުވިނަމަވެސް ހުޅުދުއްފާރުގައި ދިރިއުޅުން ހަމަޖެހިގެން ދިރިއުޅޭތާ 5 އަހަރުވެފައިވާ އެހެންރަށެއްގެ މީހެއްނަމަ (އެކަން އެނގޭނޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

10 ޕޮއިންޓް

(ނ) ރ. ހުޅުދުއްފާރުގައި ދިރިއުޅުން ހަމަޖެހިގެން ދިރިއުޅޭތާ 2 އަހަރު ފުރިހަމަވެ 5 އަހަރުނުވާ އެހެން ރަށެއްގެ މީހެއްނަމަ (އެކަން އެނގޭނޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

5 ޕޮއިންޓް

(ރ) ރަށުންބޭރު މީހެއްނަމަ

03 ޕޮއިންޓް

 8.               ހުޅުދުއްފާރަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކުގެ ބައި:

ހ. ރ.ހުޅުދުއްފާރުގައި ރަޖިސްޓްރީ ވެފައިވާތާ 1 އަހަރާއި 5 އަހަރާއި ދެމެދުނަމަ (1 އަހަރު ނުވާނަމަ ޕޮއިންޓެއް ނުލިބޭނެއެވެ.)

(ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް ނަންބަރު 7 ގެ (ހ)ގައި ބަޔާންކޮށްފައިވާ ބަޔަށް ޕޮއިންޓެއް ނުލިބޭނެއެވެ.)

6 ޕޮއިންޓް

ށ. ރ.ހުޅުދުއްފާރުގައި ރަޖިސްޓްރީ ވެފައިވާތާ 5 އަހަރަށްވުރެ ގިނަދުވަސް ވެފައިވާނަމަ

(ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް ނަންބަރު 7 ގެ (ހ)ގައި ބަޔާންކޮށްފައިވާ ބަޔަށް ޕޮއިންޓެއް ނުލިބޭނެއެވެ.)

15 ޕޮއިންޓް

9.               ޕޮއިންޓް އުނިކުރުން:

(ހ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ

ހަމައެކަނި މީނާ ކަމަށްވާނަމަ

10 ޕޮއިންޓް

(ށ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ

 ހަމައެކަނި މީނާ ކަމަށްވާނަމަ

10 ޕޮއިންޓް

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ

އިތުރުވާ ކޮންމެގޯއްޗަކަށް

05 ޕޮއިންޓް

(ރ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ

އިތުރުވާ ކޮންމެގޯއްޗަކަށް

05 ޕޮއިންޓް

(ބ) 18 އަހަރު ނުފުރޭ ދަރިއެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައިއޮތްނަމަ 

05 ޕޮއިންޓް

 

07 މާރިޗު 2019