ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމުތަކަށް ނަން ހުށަހެޅުމަށް ކުރެވުނު އިއުލާނު ނަންބަރު: IUL)219-MS/1/2019/1)
(14 ފެބުރުވަރީ 2019) އިއުލާނާ ގުޅިގެން، އިތުރަށް ފުރުޞަތު ދިނުމުގެ ގޮތުން 31 މާރިޗް 2019 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފީމެވެ. މި އިނާމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިހާރުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:
(ހ) އިޖުތިމާއީ ދާއިރާ
(ށ) ސިޔާސީ ދާއިރާ
(ނ) ޝަރުއީ އަދި ޤާނޫނީ ދާއިރާ
(ރ) ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
(ބ) ކުޅިވަރުގެ ދާއިރާ
(ޅ) ފޮޓޯގްރަފީގެ ދާއިރާ
(ކ) ވީޑިއޯގްރަފީގެ ދާއިރާ
(އ) ފީޗަރ ދާއިރާ
(ވ) އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު
މީގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ ހާއްސަ އިނާމުތައް ހިމެނެއެވެ.
މި އިނާމުތަކަށް ކުރިމަތިލާނީ ނުވަތަ ނަން ހުށަހަޅާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމު އަދި ނޫސްވެރިކަމުގެ ޚާއްސަ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ތިން ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" އަދި "މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ ހާއްސަ އިނާމު ދޭނެ އުސޫލު" އިއުލާނު ނަންބަރު: IUL)219-MS/1/2019/1)
(14 ފެބުރުވަރީ 2019) އިއުލާނުން އާންމުކޮށްފައިވާނެއެވެ. "ފިލަބަލް ފޯމްތައް" އަދި "ފަރުމާ ޓްރޫޓައިޕް" ފޮންޓް މި ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
ވީމާ މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުންނާއި ނަން ހުށަހަޅާ ފަރާތްތަކުން 2019 މާރިޗް 31 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.
30 ޖުމާދަލްއާޚިރާ 1440