ވަޒީފާގެ ފުރުޞަތު
ނަންބަރު: E9C-A/2019/04
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 18 މާރިޗު 2019 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް

     ރ.މާކުރަތު، ދިވެހިރާއްޖެ             

ނަންބަރު: E9C-A/2019/04

އިޢުލާން

 ވަޒީފާގެ ފުރުޞަތު

 މަޤާމް:

 ކޯޓު އޮފިސަރ

 ރޭންކް:     

 ޖީ.އެސް 3

 ބޭނުންވާޢަދަދު:

 1 (އެކެއް)

 ކްލެސިފިކޭޝަން:       

 އޮފިސަރ ގްރޭޑް 1

 އަސާސީ މުސާރަ: 

 -/4,465 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

  • ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20
  • ސަރވިސް އެލަވަންސް:  -/1,500 ރުފިޔާ
  • ލިވިންގ އެލަވަންސް:  -/2,550 ރުފިޔާ
  • ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު:

 1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ

 2- މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 1- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާ ކޯޓުން ކުރަންޖެހޭ މުޢާމަލާތް ކުރުން.

 2- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ގަވާއިދުތަކާއި ސުލޫކު ބަހައްޓަންވީ ގޮތް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތަކަށް ބުނެދިނުން.

 3- ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމު ފުރިހަމަ ކުރުން.

 4- ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓް ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ހާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން.

 5- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޝަރުޢީ / އިދާރީ މަސައްކަތްތައް ކުރުން.

 6- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ / އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން.

 7- ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރިކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.

 8- ކޯޓުން ތައްޔާރު ކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.

 9- މި ކޯޓަށާ އެހެން ކޯޓުތަކަށް ހާޒިރުވާންޖެހޭ ފަރާތްތަކާ ކޯޓަށް ހާޒިރުވުމުގެ އަމުރު ޙަވާލުކުރުން.

 10- އެކިއެކި ޢިމާރާތްތަކާއި ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ތަތްކުރަންޖެހޭ އަމުރު ތަތްކުރުން.

 11- ކޯޓުން ހަވާލުކުރާ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، ކޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

 

ސުންގަޑި:

2019 މާރިޗު 18 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން އެޕްލިކޭޝަން ފޯމު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

ވަޒީފާއަށް އެދޭ ފޯމާއެކުހުށަހަޅަންޖެހޭ ތަކެތި:

 

  • ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުން ލިބެން ހުންނާނެ).
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓުރާންސްކުރިޕްޓާއެކު.
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓުރާންސްކުރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގެ ނަން، ހޭދަވި މުއްދަތު، ރޭންކް، އެޕްރައިޒަލަށް ލިބިފައިވާ މާކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

އިންޓަރވިއު:

  • މި މަޤާމުގެ އިންޓަރވިއު 2019 މާރިޗު 19 އާއި 30 އާއި ދެމެދުގެ ތާރީޚެއްގައިމި ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ވަޒީފާއަށް ކުރިމަތިލައްވާ ހުރިހާ ބޭފުޅުންވެސް އެމުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވެވޭގޮތަށް ތިއްބެވުމަށް ދެންނެވީމެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު:

  • މ މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާއެވެ.
  • އިތުރު މަޢުލުމާތު ސާފުކުރުމަށް ގުޅުއްވާނީ ނަންބަރު 6580450 ފޯނާއެވެ.

7 މާރިޗު 2019

 

07 މާރިޗު 2019