ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)378/2019/9
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 18 މާރިޗު 2019 10:30
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ބަނދަރު ބުރުތަކުގައި ހުރި ރުއްތައް ކުއްޔަށް ދިނުމާބެހޭ

ހުޅުދެލީ ބަނދަރު ބުރުތަކުގައި ހުރި ރުއްތައް ކުއްޔަށް ދިނުމާއިބެހޭ

ދ.ހުޅުދެލީ ބަނދަރު ސަރަޙައްދުން ކުއްޔަށް ދީފައިވާ ރުއްތަކުގެ މުއްދަތު ހަމަވާތީ، މިރުއްތައް 02 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ގަސްތުކުރަމެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 މާރޗް 2019 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. އަދި ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

ޕްރޮޕޯސަލް ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ޕްރޮޕޯސަލްއާއި އެކު ފޮނުވަން ވާނެއެވެ.

ވީމާ، މިކަން  ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 މާރިޗު 2019