މަސައްކަތް
ނަންބަރު: (IUL)305/305/2019/27
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 12 މާރިޗު 2019 11:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

1440 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

            މި އިދާރާގެ ނަންބަރު : (IUL)305/305/2019/16 (24 ފެބުރުއަރީ 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައި ނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.  

1440 ވަނަ އަހަރުގެ ރަމަޟާންމަހު ރ.މާކުރަތު މަސްޖިދުލް ސަލާމުގައި ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.

ވީމާ، 1440 ވަނަ އަހަރުގެ ރަމަޟާންމަހު، މާކުރަތުގައި ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރާނެ ބޭފުޅަކު ހޯއްދަވައި ދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 12 މާރޗް 2019 ވާ އަންގާރަދުވަހުގެ މެންދުރު ކުރި 11:00 ގެ ކުރިން ލިޔުމަކުން އެކަން މިކައުންސިލަށް އަންގަވައި ދެއްވުން އެދި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            29 ޖުމާދަލް އާޚިރް 1440

06 މާރިޗު 2019