ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)235-CA/235/2019/5
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 19 މާރިޗު 2019 14:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.  

 

މަގާމް:

 ކޮމްޕިއުޓަރ ޓެކްނީޝަން  (މަޤާމުގެ ނަންބަރ: J-305377)

ބޭނުންވާ އަދަދު:       

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން ޔުނިޓް

މުސާރަ:                  

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ކޯއެލަވަންސް:

-/700 ރުފިޔާ

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅުކައުންސިލް އިދާރާގެ ޑޭޓާބޭސް ބެލެހެއްޓުން.
  2. ޑޭޓާބޭސް ސިސްޓަމުގެ ތެރެއިން މުވައްޒަފުންގެ ރެކޯޑް ބެލެހެއްޓުމާއި ސްޕަވައިޒަރުގެ ލަފާގެ މަތިން މުވައްޒަފުންގެ ކަންތައް ޤަވާޢިދާއެއްގޮތަށް ބެލެހެއްޓުން
  3. ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާގުޅުންހުރި ތަކެތިމަރާމާތުކޮށް ބެލެހެއްޓުން.
  4. އަތޮޅުކައުންސިލް އިދާރާގެ ވެބްސައިޓުގެ ކަންތައްތަކާއި އަތޮޅުކައުންސިލް އިދާރާގެ ނެޓްވާރކްގެ ކަންތައްތައް ބެލެހެއްޓުން.
  5. ރަށު ކައުންސިލްތައް މޮނިޓާކުރުމާބެހޭ މަސައްކަތް
  6. އައި. ޑީ. ކާޑް ހެއްދުމަށް ބޭނުންވާ މައުލޫމާތު ފޮނުވުމާއި، ކަމާގުޅޭ އެހެނިހެން މަސައްކަތްކުރުން
  7. އައިޓީގެ ދާއިރާއިން އޮފީހުގައި މުވައްޒަފުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުން
  8. އޮފީހުގައި ބޭނުންކުރާ ޕްރިންޓަރތަކާއި ސްކޭނާރތައް ނެޓްވޯކާއި ގުޅާ މުވައްޒަފުންނަށް ބޭނުންކުރެވޭގޮތް ހަދައި ބެލެހެއްޓުން
  9. އިދާރާއިން ބާއްވާ އެކިއެކި ބައްދަލުވުންތަކުގައި އަޑުގަދަކުރާއާއި މަލްޓިމީޑިއާ އިންތިޒާމްކުރުންފިޠުރުޒަކާތާއި މުދަލުޒަކާތާއިގުޅިގެން އަތޮޅުކައުންސިލުން ކުރަންޖެހޭ މަސައްކަތްކުރުން.
  10. އަތޮޅުކައުންސިލުން ބާއްވާ އެކި އެކި މުބާރާތްތަކާއި ޙަރާކާތްތަކުގެ ފޮޓޯއާއި ވީޑިއޯ ނަގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން
  11. އަތޮޅުކައުންސިލް އިދާރާގެ ޑިޖިޓަލް ވޯޓިސްބޯޑު އަދާހަމަކޮށް ބެލެހެއްޓުން

 

 

މަގާމުގެ ޝަރުޠު:

1-       އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން، އަދި އިދާރާގެ ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރ/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުން މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ:

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމުގެ ކޮޕީ:

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތު ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ:

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ:

8. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލްތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި އިދާރާގެ ވެބްސައިޓު www.vaav.gov.mv   ގެ "ރިޕޯރޓް/ މައުލޫމާތު" ޞަފްޙާއިން  ލިބެން ހުންނާނެއެވެ.

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

 

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 މާރިޗް 2019 ވާ  އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއުއާއި، ޕްރެކްޓިކަލާއި،

އިމްތިޙާނުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 މާރޗް 2019 އިން 04 އޭޕްރީލް 2019 އާއި ދެމެދުގައި ފެލިދެއަތޮޅު ކައުންސިލް އިދާރާގައެވެ.  

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

       މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6700502 ފޯނު ނަންބަރާއެވެ. އީ މެއިލްކުރާނީ [email protected] އަށެވެ.

07 މާރިޗު 2019