ޢާންމު މަޢުލޫމާތު
ނަންބަރު: NAM-NC/2019/03
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 10 މާރިޗު 2002 20:30
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޚާއްޞަ ޢާންމު ޖަލްސާއާ ބެހޭ

އިޢުލާން

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްލާޙްކުރެވޭ ހިންގާ ގަވާއިދު ފާސްކުރުމަށް ބާއްވާ ޚާއްޞަ ޢާންމު ޖަލްސާ، 10 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި އޮންނާނެއެވެ. މިއެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް އެއްވެސް އިޞްލާޙެއް ހުށަހަޅަން ބޭނުންފުޅުވާނަމަ، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއިއެކު އިސްލާޙްކުރެވޭ ހިންގާ ގަވާއިދު އެޓޭޗުކުރެވިފައިވާނެއެވެ.

ވީމާ، ޚާއްޞަ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވުމަށް މި އެސޯސިއޭޝަންގެ މެމްބަރ ކްލަބްތަކަށް ދަޢުވަތު އަރުވަމެވެ. މި ޖަލްސާގައި ކްލަބުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތު (ނަމާއި ދާޢިމީ އެޑްރެސް، ދިރިއުޅޭ އެޑްރެސް، އައި.ޑީ ކާޑް ނަންބަރު، ފޯން ނަންބަރު، އީމެއިލް އެޑްރެސް، ކުލަބް)، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކުލަބްގެ ތައްގަނޑު ޖެހި ލިޔުމަކުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.  އަދި މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ 1 ކުލަބު ކަމުގައިވެސް ދަންނަވަމެވެ.

އެޖެންޑާ

1-      ހާޒިރީ އަދި ރޯލްކޯލް

2-      އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް އިސްލާޙު ހުށަހެޅުމާއި ފާސްކުރުން

3-      ރިޔާސަތުން ހުށައަޅާ ކަންކަން

 

އެސޯސިއޭޝަންގެ މެމްބަރ ކްލަބްތައް:

1-      ލޮރެންޒޯ ސްޕޯޓްސް ކްލަބް

2-      މަހިބަދޫ ސްޕޯޓްސް ކްލަބް

3-      ސްޕޯޓްސް ކްލަބް ސްކައިލާރކް

4-      ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ

5-      ކުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކްލަބް

6-      ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބް

7-      ކްލަބް މެޓްރިކްސް

8-      ޔުނައިޓެޑް ޔުނިޓީސްޕޯޓްސް ކްލަބް

9-      ޒެނިތު ސްޕޯޓްސް ކްލަބް

10-  ޔޫތު އެލަޔަންސް

11-  މައްޗަންގޮޅި ވިމެންސް ސްޕޯޓްސް

12-  މުލަކު ރިކްރިއޭޝަން ކްލަބް

13-  ސްޕޯޓްސް ކްލަބް ވާދޫ

14-  ޔުނައިޓެޑް ޑިވެލޮޕްމަންޓް ސްޕޯޓްސް

15-  ކްލަބް ރާވެރިޔާ

16-  ތިނަދޫ ޒުވާނުންގެ ކްލަބް

17-  ކްލަބް ކާމް ސްޕޯޓްސް

18-  ޒިފިޔަސް ސްޕޯޓްސް ކްލަބް

19-  ކްލަބް ތުރީ ސްޓާރ

20-  އޮފް އެފް.ސީ

21-  ސާއްބަ އެކުވެރި ކްލަބް

22-  ހިންނަވަރު އިނޮވޭޓިވް ޔޫތު އެސޯސިއޭޝަން

23-  ކްލަބް ވިޗެންޒާ

24-  ދަ ބޯސް ސްޕޯޓްސް ކްލަބް

25-  ކުޑަހެންވޭރު ޔުނައިޓެޑް

 

30 ޖުމާދަލްއާޚިރާ 1440

07 މާރިޗު 2019