ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2019/17)
އިޢުލާން
2019 ވަނަ އަހަރުގެ އެޕްރީލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:
2019 ވަނަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިމްތިޙާނުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާބަލައިގަތުން 2019 މާރިޗު 10 އިން ފެށިގެން 2019 މާރިޗު 31 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.
30 ޖުމާދަލްއާޚިރާ 1440
07 މާރިޗު 2019