މަސައްކަތް
ނަންބަރު: (IUL)GS80/2019/02
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 07:10
ސުންގަޑި: 14 މާރިޗު 2019 11:30
އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ފެންތާނގިބަރި ބަދަލުކުރުން

މި ސްކޫލްގެ އޮފީސް ކައިރީގައި މިހާރު ހަދާފައި ހުރި 4 ފެންތާނގީގެ ތާނގީބަރި ނަގާ، މި ސްކޫލުން ދޭ ކުރެހުމާ އެއްގޮތައް، ސްކޫލު ގޯތީގެ އިރު ދެކުނު ކަނުގައި އަލުން ފެންތާނގިބަރި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2019 މާރިޗް 14 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހެޅުއްވުމުގެ ކުރިން މަސައްކަތުގެ މަޢުލޫމާތު ސާފުކުރައްވަންވާނެއެވެ. މަޢުލޫމާތު ކަރުދާސް ދޫކުރާނީ، 2019 މާރިޗް 07 އިން 2019 މާރޗް 13 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލުންނެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް  މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވެސް ވާނެއެވެ.

06 މާރިޗު 2019